މާލެއިން ތިލަފުއްޓަށް ދަތުރުކުރަމުން ދިޔަ ޑިންގީއަކުން ފުންމާލި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޑިންގީން ފުންމާލާފައި ވަނީ 33އ. އަހުމަދު އަނީސް ކިޔާ ޒުވާނެކެވެ.

10 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ މި ޑިންގީން ގުޅީފަޅު ބައްތިއާ ދިމާ ބޭރުން އެކަކު ފުންމާލިކަމުގެ ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރުފަހު 3:16 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިމީހާ ހޯދުމަށް ކޯސްޓްގާޑް ޑައިވަރުން ކުރި މަސައްކަތުން މީނާ ފެނިފައިވަނީ 44 މީޓަރު އަޑިންނެވެ. އޭނާ ފެނުނީ ހަވީރު 4:10 ހާއިރުއެވެ. އަދި ކޯސްޓްގާޑް ލޯންޗުގައި މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް އޭނާ ވަނީ ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.