މާރަންދޫ އިޖުތިމާއީ މަރުކަޒާއި މާރަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން އަންހެން ކަނބަލުންނަށް ކުރިޔަށްގެންދިޔަ މާރަންދޫ ކަމަނާ ކަޕް ހޭންޑްބޯޅަ މުބާރާތް 2019 ޗެމްޕިއަންކަން މާރަންދޫ ޔޫތު ސޮސިއިޓީ އިން ހޯދައިފިއެވެ.

ސްޕޯޓްސް އެކަޑަމީ އާއި ދެކޮޅަށް ކުޅުނު ވާދަވެރި ފައިނަލް މެޗު ޔޫތު ސޮސިއިޓީ އިން ކާމިޔާބު ކުރީ 8 ލަނޑު 4 ލަނޑުންނެވެ. ފައިނަލް މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވުނީ ޔޫތު ސޮސިއިޓީގެ ސޮބީހާ ހާލިދު އެވެ.

ހަތަރު ޓީމު ވާދަކުރި މި މުބާރާތުގައި ދެން ވާދަކޮށްފައި ވަނީ ބަނޑޭރި ސްޕޯޓްސް އާއި މާރަންދޫ ޒުވާނުންގެ ޖަމިއްޔާއެވެ. އަލިތަކުރުފާންގެ މަންމާފުޅު މާރަންދޫ ކަމަނާގެ ނަންފުޅަށް ބޭއްވި މި މުބާރާތް ފަށާފައި ވަނީ މިމަހުގެ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ކުޅިވަރަށް ލޯބިކުރާ ދެ ޖިންސުގެ ޒުވާނުން އުޅޭ މާރަންދޫގައި ބޭއްވި މި މުބާރާތުގެ މަގުސަދަކީ އަންހެން ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހް އިތުރު ކުރުމާއި ދުޅަހެޔޮ ސިއްހަތަކަށް ކަނބަލުން އަހުލުވެރި ކުރުވުން ކަމަށް އިޖްތިމާއީ މަރުކަޒުން މައުލޫމާތުދެ އެވެ.

މާރަންދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މުބާރާތުގެ ފައިނަލް މެޗު ނިމުމުން އެކި މަގާމުތަކަށް އިނާމު ދެއްވީ ޝަރަފްވެރި މެހްމާން ހއ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ހުސައިން އެވެ.