އަވަށްޓެރި ސްރީލަންކާގައި ހަމަޖެހުމާއި ފާގަތިކަން ގާއިމްވެފައި އޮތުމަކީ ރާއްޖެއަށް ފައިދާކުރާނެ ކަމެއްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ގޮޓަބާޔަ ރާޖަޕަކްސައަށް މަރުހަބާ ދަންނަވައި، ކުރެއްްވި ޓްވީޓެއްގައެވެ.
ޝާހިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މަރުޙަލާ ރާއްޖެއާއި ލަންކާގައި އަމާންއޮމާންކޮށް ކުރިއަށްދާތީ އުފާކުރައްވާ ކަމަވެށެވެ. އަދި ލަންކާގައި އަލަށް އުފެދިގެން އަންނަ އާ ސަރުކާރާއެކު ގުޅިގެން ދިވެހިރާއްޖެއިން މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އަދި ލަންކާގެ އައު ސަރުކާރާ އެކު ގުޅިގެން މަސައްކަތްކޮށް، ދެގައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ލަންކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ގޮޓަބަޔާ ރާޖަޕަކްސައާ މިދިޔަ މެއިމަހު މިނިސްޓަރ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބައްދަލު ކުރައްވާފައެވެ
ސްރީލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، ގޮޓަބާޔަ ރާޖަޕަކްސަ ކާމިޔާބު ކުރައްވާފައިވަނީ ހަމިލިއަނަށްވުރެ ގިނަ ވޯޓުންނެވެ.
ގޮޓަބަޔަ ރާޖަޕަކްސައާއި އެންމެ ގާތުން ވާދަކުރައްވާފައިވަނީ ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓް ސާޖިތު ޕްރެމަދާސައެވެ.
ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ގޮޓަބާޔަ ރާޖަޕަކްސަ ހުވާ ކުރެއްވުން އޮންނާނީ މިއަދުގެ ވަގުތެއްގައެވެ.