ޑައިވިންގްއަށް ގޮސް އުޅުނު މީހަކު ޑީކޯވެގެން ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޑީކޯވެފައިވަނީ އަޒުމް ދޯނިން ނިކުމެ އުޅުނު މީހެކެވެ. އަދި މިޒުވާނާ އެންމެ ފުރަތަމަ ގެންދެވުނީ ތިނަދޫ ހޮސްޕިޓަލަށް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރަށް އަދި އިތުރު މީހަކުވެސް ޑީކޯ ވުމުގެ ސަބަބުން އަންނަީ ފަރުވާ ދެމުންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދެޒުވާނަކަށް ވަނީ ޑީކޯވެގެން ފަރުވާ ދީފައެވެ. އަދި އެދެޒުވާނުންވެސް މާލެ ގެނައުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މާލެ ގެންނަނީ އުމުރުން 27 އަހަރާއި 39 އަހަރުގެ މީހެއްކަމަށް އެމްއެންޑީއެފުން މައުލުމާތުދެއެވެ.

އަދި މިރޭ ދަންވަރުގެ ވަގުތެއްގައި މިދެމީހުން މާލެ ގެނެވޭނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.