ދެ ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މޯބައިލް ޕޭ ކަސްޓަމަރުންނަށް އަދި މާޗަންޓުންނަށް ހާއްސަކޮށްގެން ފެށި މި ޕްރޮމޯޝަންގައި، "ސްކޭން ޓު ޕޭ އެންޑް ޕޭ ބައި ލިންކް" ގެ ނަމުގައި ހިންގާ މި ޕްރޮމޯޝަންގައި ކިއުއާރް ކޯޑު ސްކޭން ކޮށްގެން އަދި ލިންކް ބޭނުންކޮށްގެން ފައިސާ ދައްކާ 3 ކަަސްޓަަމަރަކަށް އަދި 3 މާޗަންޓުންނަށް 30،000، 20،000، އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރަށް ކޮންމެ ހަފްތާއަކު ގުރުއަތުން 5 ކަސްޓަމަރުންނާއި 5 މާޗަންޓުން ހޮވާ ކޮންމެ ފަރާތަކަށް ވެސް ހަފުތާއަކު 1000 ރުފިޔާ ލިބޭނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

އަންނަ އަހަރުގެ ޖެނުއަރީ 17ގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުުރާ މާޗަންޓުންނަށް ވަނީ ހުޅުވާލާފައެވެ.