ބޮޑު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅު ތެރެއަށާއި ބޭރުގެ ގައުމުތަކަށް ޗުއްޓީއަށް ފުރާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން ވަގުތު އޮއްވާ އެއާޕޯޓަށް ދިއުމަށް އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން އިލްތިމާސްކޮށްފި އެވެ.

އެކުންފުނިން ބުނީ ފުރާމީހުންގެ ކިއުތައް ދިގުވުމުގެ ސަބަބުން ފުލައިޓްތައް ޑިލޭވުމުގެ މައްސަލަ

އެހެންކަމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ފުރުމުގެ ތިން ގަޑިއިރު ކުރިން އަދި އަތޮޅުތެރެއަށް ދަތުރުކުރާ މީހުން ފުރުމުގެ ދެގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދޭކަމަށެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު އަދި ޑިސެންބަރު މަހުގައި އަންނަ ބޮޑު ޗުއްޓީއަކީ ގިނަ ބަޔަކު އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުތައް ކުރާ ދުވަސްވަރެކެވެ. އަދި މި ދުވަސްވަރަކީ ފަތުރުވެރިންވެސް އެންމެ ގިނައިން ރާާއްޖެއަށް ޒިޔާރަތް ކުރާ ދުވަސްވަރެވެ. އެހެން ކަމުން ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ އެއާޕޯޓްގެ ބާރު ބޮޑުވާ ދުވަސްވަރެކެވެ.

މިދުވަސްވަރާ ދިމާކޮށް އެއަރލައިންތަކުންވެސް ޝެޑިއުލް ދަތުރުތައް ދަނީ އިތުރުކުރަމުންނެވެ.