މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ކުޑަކުއްޖަކު ވެއްޓި އަނިޔާވެއްޖެއެވެ.

މިހާދިސާ ހިގައިގެން އުޅޭކަން ފުލުހުން ވަނީ ކަށަަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ ހެންވޭރު ވައިޖެހޭމަގުގައި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ފަސް އަހަރުގެ ކުޑަ އަންހެންކުއްޖަކު ވެއްޓިގެން 14:28 ގައި ފުލުހުންނަށް ރިޕޯޓްކޮށަފައިވާ ކަމަށެވެ. އަދި އެއީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިހާދިސާގައި ވެއްޓުނު ކުއްޖާ އޭޑީކޭއަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. މިހާދިސާއާއި ގުލިގެން އިތުރަށް ބަލަންޖެހޭ ކަންކަަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.