ކައިލާން ޓްރެންޑްސްގެ ފުރަތަމަ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ކައިލާން ޓްރެންޑްސްއަށް އެއް އަހަރު ފުރުން އިއްޔެ ފާހަގަކޮށްފައިވާއިރު، ކައިލާން ޓްރެންޑްސްއިން ވަނީ އެ ފިހާރައިން ގަންނަ ކޮންމެ އެއްޗަކުންވެސް 50 އިންސައްތަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އިއްޔެ ހަވީރު 16:00 ގައި ފެށި މި ޕްރޮމޯޝަން ނިންމާލާފައިވަނީ އިއްޔެރޭ 10:30 ގައެވެ.

މި ޕްމޯޝަންއާ ގުޅިގެން ވީނިއުސްއަށް މައުލޫމާތު ދެމުން ކައިލާން ޓްރެންޑްސްގެ އެމްބެސެޑަރ މަރިޔަމް އައްޒަ ބުނީ، މި ޕްރޮމޯޝަންއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، ޕްރޮމޯޝަން ވަރަށް ކާމިޔާބު ކަމަށެވެ.

މި ތަރުހީބަށް ބަލައި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ވިސްނާކަމަށް އައްޒަ ބުންޏެވެ. އެގޮތުން އާ އަހަރާ ގުޅުވައިގެންނާއި އެހެނިހެން އެކި މުނާސަބަތުތަކާ ގުޅުވައިގެން މިފަދަ ޕްރޮމޯޝަންތައް ބާއްވަން ވިސްނަމުންގެންދާ ކަމަށް އައްޒަ ބުންޏެވެ.

އައްޒަ ބުނީ، މި ޕްރޮމޯޝަންގައި އެންމެ އަގުބޮޑު ތަކެތިން ފެށިގެން އެންމެ ކުޑަ އަގުގައި ލިބޭ ތަކެތިންވެސް 50 އިންސައްތަ ޑިސްކައުންޓް ދީފައިވާ ކަމަށެވެ. އަދި އެއްފަހަރު ވިޔަފާރި ކޮށްފައިވާ ފަރާތްތަކުން އަނެއްކާ އައިސް ވިޔަފާރި ކޮށްފައިވާކަންވެސް އައްޒަ ފާހަގަކުރިއެވެ.

20 ނޮވެމްބަރު 2019 ވަނަ ދުވަހު ކައިލާން ޓްރެންޑްސްއަށް އަހަރެއް ފުރުން ފާހަގަކޮށްފައިވާއިރު، ކައިލާން ޓްރެންޑްސްއިން ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދާ، އާންމުންގެ އިތުބާރު ކައިލާން ޓްރެންޑްސްއާ މެދު ހޯދާފައެވެ. އަދި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކައިލާން ޓްރެންޑްސްއިން ވަނީ އާންމުންނާ ހަމައަށް އަތްފޯރާފަށުގައި ފޯރުކޮށްދީފައެވެ.