ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކޮށް ފާސްކުރީ އެ ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެކަނި އިންނަވައިގެން ކަމަށް ބުނެ ކޮމިޓީގެ ދެން ތިބި ދެ މެމްބަރުން ދެއްކެވި ވާހަކަތައް މެމްބަރު ހަސަން ލަތީފް ދޮގުކުރައްވައިފިއެވެ.

ޑރ އަފްރާޝީމްގެ މަރުގެ ރިޕޯޓު ސަބް ކޮމިޓީން ފާސްކޮށް ނެރުމާއި އެކު އެއާ ގުޅޭ މައްސަލަތަކެއް ފެންމަތިވުމުން ބުރާސްފަތި ދުވަހުގެ ރޭ މައި ކޮމިޓީން އެކަމާ ގުޅުން ހުރި ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒްގެ އެދިވަޑައިގަތުމަކަށް މެމްބަރު ހަސަން ލަތީފް ވަނީ ސަބް ކޮމިޓީން ރިޕޯޓު ފާސްކުރި ގޮތުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.

މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީގައި މެމްބަރު ހަސަން ލަތީފްގެ އިތުރަށް ހިމެނިވަޑައިގަންނަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފްއެވެ. ކޮމިޓީން ފާސްކުރި ރިޕޯޓު ތަފްސީލްކޮށްދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ކޮމިޓީގެ ނިންމުންތައް ނިންމާފައި ވާނީ ކޮމިޓީގެ ކޯރަމް ހަމަވުމުން ކަމަށެވެ. އެގޮތުން ކޮމިޓީގެ ތިން ބައްދަލުވުމެއް ބާއްވާފައި ވާއިރު، ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ. އަދި ފުރަތަމަ ބައްދަލުވުމާއި ދެެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މުގައްރިރު ހަސަން ލަތީފުގެ އިތުރަށް މެމްބަރު އާދަމް ޝަރީފު އެކަނި ކަމަށެވެ.

ސަބް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތީ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެންބަރާއި އަޅުގަނޑާ، ތިން މެންބަރުންގެ ކޮމިޓީއެއްވީމަ ދެ މެންބަރުން ހަމަވުމުން އެ ކޮމިޓީ ބޭއްވޭ، ދެވަނަ ބައްދަލުވުމުގައި ހާޒިރީއަކީ އަނެއްކާ ވެސް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި އަޅުގަނޑާ، ބައްދަލުވުމުގައި ފުލްކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު ބައިވެރިވި
ހަސަން ލަތީފް
241 ކޮމިޓީގެ ބައްދަލުވުން: ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަސަން ވިދާޅުވީ ކޮމިޓީގެ މަސައްކަތް ކުރިޔަށްގެންދިޔައީ އިތުރު އިދާރީ މުވައްޒަފުންތަކަކާއެކު މައި ކޮމިޓީން ދިރާސާ ކުރުމަށް ކަނޑައެޅި ހަތް ނުކުތާގެ ތެރެއިން ފަސް ނުކުތާގައި ހިމެނޭ މީހުންގެ ނަންތައް ލިސްޓު ކުރުމަށް އެ މުވައްޒަފުންނަށް ހަވާލުކޮށްގެން ކަމަށެވެ. ކޮމިޓީގެ ދެވަނަ ބައްދަލުވުން ބާއްވާފައި ވަނީ ރޭގަނޑު ކަމަށާއި އިދާރީ މުވައްޒަފުންގެ މަސައްކަތް ނިމި އިދާރީ ރިޕޯޓް އެކުލަވާލުމުން އެ ރިޕޯޓްގައި ހިމެނޭ ކަންކަން ބަލައި ދެވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. އެ ދުވަހަށް މަސައްކަތް ނިންމަން އަމާޒު ކުރި ނަމަވެސް ބައްދަލުވުން ނިންމާލީ މަސައްކަތް ފުރިހަމަ ނުކޮށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރިޕޯޓުގެ މަސައްކަތް ގޭގައި ކުރުމަށް ހުށަހެޅުއްވި ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަމަށެވެ. ބައްދަލުވުމުގައި ކުރި މަސައްކަތަކީ ސަބް ކޮމިޓީގެ ރިޕޯޓު ކޮމިޓީގެ މެމްބަރުންނާ ހިއްސާކޮށް، އެ ރިޕޯޓަށް އެއްވެސް ބަދަލެއް ގެންނަން ފެނޭތޯ މަޝްވަރާކުރުން ކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ރިޕޯޓުގައި ވާ ކަންކަން އަކުރުން އަކުރަށް ދެންނެވި ކަމަށެވެ. ރިޕޯޓު ފައިނަލްކުރީ އެ ކަމަށް އެއްބަސްވުމުން ކަމަށެވެ. އަދި އެއަށް ފަހު އެއްޗެއް ވިދާޅުނުވެ މެންބަރު ވަޑައިގަތީ ކަމަށް ހަސަން ވިދާޅުވިއެވެ.

ދެން އޮތީ ފަހު ބައްދަލުވުން، އެ ބައްދަލުވުމަށް ވަޑައިގަތީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، ދެ މީހުން ތިބެގެން އަކުރުން އަކުރަށް އަޅުގަނޑު ދެންނެވިން، އެ ކަމަށް އެއްބަސްވުމުން ރިޕޯޓް ފައިނަލް ކުރީ،އެހިސާބުން ފަރެސްމާތޮޑާ މެމްބަރު ފޯނު ނަންގަވައިގެން ވަކި އެއްޗެއް ވިދާޅުނުވެ ކޮމިޓިން ނުކުމެވަޑައިގަތީ. އަޅުގަނޑަކަށް އެނގިފައެއް ނެތް ކޮމިޓީ ދޫކުރައްވައި ވަޑައިގަތީކަމެއް ނޫނީ އެނބުރި ވަޑައިގަންނަވާ ގޮތަށް ވަޑައިގަތީ ކަމެއް. އެހެން ނަމަވެސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ކޮމިޓީގައި އިންނަވައިގެން މި ދެންނެވި ރިޕޯޓު ފައިނަލްކުރައްވައި ހުރިހާ ކަމެއް
ހަސަން ލަތީފް
241 ކޮމިޓީގެ ބައްދަލުވުން: ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަސަން ވިދާޅުވީ އެއީ ވަރަށް އަވަހަށް ނިންމަންޖެހޭ މަސައްކަތަކަށް ވާތީ އިދާރީ ބޭފުޅުން ތައްޔާރުކުރެއްވި ރިޕޯޓުގެ އެނެކްސްގައި ހިމަނަންޖެހޭ ނަންތައް ހިމެނުމަށް ފަހު ރިޕޯޓުގައި ސޮއިކޮށް ސަލާމަތީ ހިދުމަތްތަކާ ބެހޭ މައި ކޮމިޓީއަށް ހަމަ އެރޭ ރިޕޯޓު ފޮނުއްވި ކަމަށެވެ. ކޮމިޓީއެއްގެ އެއްވެސް ރިޕޯޓަކީ ކޮމިޓީގެ ހުރިހާ މެމްބަރުން ސޮއިކުރައްވާ އެއްޗެއް ނޫން ކަމަށާއި ރިޕޯޓުތަކުގައި ސޮއިކުރައްވާނީ މުގައްރިރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިއްރު ކޮމިޓީތަކަށް ފަހު މީޑިއާގައި މި ވިދާޅުވަނީ ބައިވެރިވުމެއް ނެތް ކަމަށް، އެހާ ބޮޑަށް އޮޅޭ ގޮތަށް މިއީ އަޅުގަނޑު އެކަނި މާއެކަނި އިނދެގެން ހެދި ރިޕޯޓެއް ކަމަށް ފަހުވުމާ ގޮތަށް ވިދާޅުވަނީ، ކޮމިޓީ ސިއްރު ކުރުމަށްފަހު މި ތަނުން ނުކުމެވަޑައިގަތުމަށްފަހު ސިޔާސީ ފައިދާއަކަށް އެހާ ބޮޑަށް އޮޅޭ ގޮތަށް ވާހަކަފުޅު ދައްކަވާ ކަމަށް ވަންޏާ އެއީ މައްސަލައެއް،
ހަސަން ލަތީފް

ސަބް ކޮމިޓީގެ މަސައްކަތް ކުރިއަށް ދިޔައީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކަމަށް ރޭގެ ކޮމިޓީގައި ފަހުން މެމްބަރު ހުސައިން މުހައްމަދު ވިދާޅުވިއެވެ. މެންބަރު ހުސައިން ފާހަގަ ކުރެއްވީ ސަބް ކޮމިޓީގެ މަސައްކަތަކީ ކޮމިޓީގެ މެންބަރުންގެ ކޯރަމް ހަވަގެން ކުރާ މަސައްކަތްތައް ނިންމައި މައި ކޮމިޓީއަށް ގެންނަ މަސައްކަތްތަކެއް ކަމަށެވެ. އެ ހިސާބުން ސަބް ކޮމިޓީގެ ދައުރު ނިމުނީއެވެ.

241 ކޮމިޓީގެ ބައްދަލުވުން: ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ބުދަ ދުވަހު ހެނދުނު އޮތް ބައްދަލުވުމުގައި މައި ކޮމިޓީން ނިންމީ ސަބް ކޮމިޓީގެ ރިޕޯޓުގައި އިތުރު ރެކޮމެންޑޭޝަންތަކެއް ހިމެނުމަށެވެ. އަދި އެ ބައިތައް ހިމެނުމަށްފަހު މައި ކޮމިޓީން މިހާރު ވަނީ ރިޕޯޓު ފާސްކޮށް އާންމުކޮށްފައެވެ.

މައި ކޮމިޓީގެ ރިޕޯޓު ފާސްކުރި އިރު، ކޮމިޓީގެ ރިޔާސަތުގައި އިންނެވީ އެ ކޮމިޓީގެ ނައިބު މުގައްރިރު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އަދި އެ ރިޕޯޓު ފާސްކުރަން އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ވޯޓުވެސް ދެއްވައިފައެވެ.