ހުޅުމާލޭ ރަށު މާރުކޭޓުގައި ހަދާފައިވާ ފުޑް ކޯޓުތައް ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާާނެއްގައި ވަނީ ފުޑް ކޯޓު ކުއްޔަށް ދޫކުރާއިރު އަކަފޫޓެއް 30 ރުފިޔާގެ ރޭޓުން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ ގްރައުންޑް ފްލޯއިން 4879.06 އަކަފޫޓު އަދި ފުރުތަމަ ފްލޯއިން 3049.41 އަކަފޫޓު ދޫކުރާން ނިންމާފައިވާ ކަމަށެވެ. އަދި މި ފުޑް ކޯޓުތައް ކުއްޔަށް ހިފުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެޗްޑިސީން ބުނެއެވެ.

އެޗްޑީސީން ވަނީ މި ފުޑް ކޯޓުތައް 10 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާފައެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަާރްތްތަކުން ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ލިޔުމުން އެކަން އެންގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މީގެ އިތުރުން އެޗްޑީސީން ވަނީ ހުޅުމާލޭގެ އިންޑޯރ ސްޕޯޓްސް ކޮމްޕްލެކްސްގައި ކެފޭ އަދި ރެސްޓޯރެންޓް އެޅުމަށް އެ ބިން ކުއްޔަށް ދޫކުރަންވެސް ނިންމާފައެވެ.