2019 ވަނަ އަހަރު ރާއްޖެ ގެނައުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ 1.5 މިލިއަން ފަތުރުވެރިންގެ ޓާގެޓު މިއަދު ރާއްޖެއިން ހާސިލްކޮށްފިއެވެ.

2019 ވަނަ އަހަރު ނިމުމުގެ އެއް މަސް ދުވަސް ކުރިން، އަދި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަހަރެއް ފުރުނުތާ ހަފްތާއެއް ފަހުން ރާއްޖެއިން މި ވަނީ ދޮޅު މިލިއަން ފަތުރުވެރިން މިއަހަރު ނިމުމުގެ ކުރިން ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޓާގެޓް ހާސިލްކޮށްފައެވެ. ދިވެހިރާއްޖެއައި ދޮޅު މިލިއަންވަނަ ފަތުރުވެރިޔާއަކީ ރަޝިއާއަށް ނިސްބަތްވާ މަރީނާ ކަޒަކޮވާއެވެ.

މަރީނާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވަރަށް ޚާއްސަ މަރުހަބާއެއް ވަނީ ކިޔާފަ،،އެގޮތުން މަރިނާއަށް މަރުހަބާ ކިޔާފައިވަނީ ދިވެހި ސަގާފީ ހަރަކާތެއް ކަމަށްވާ ބޮޑުބެރުންނެވެ. ރާއްޖެ އައި ދޮޅު މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު، އެމްއެމްޕީއަރުސީގެ މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު، އަދި އެއާޕޯޓުގެ އިސް ބޭފުންނާ އެކި ކުންފުނިތަކުގެ އިސް ބޭފުންން ވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން މަރީނާއަށް ވަނީ ލިޔެލާ ޖަހާފައިވާ ރަވާނާއެއް ހަދިޔާކޮށްފައެވެ. އަދި މަރީނާއަކީ މިއަހަރު ދިވެހިރާއްޖެ އައި 1.5 މިލިއަންވަނަ ފަތުރުވެރިޔާކަން ދައްކުވައިދޭ ސެޓްފިކެޓެއްވެސް މަރީނާއަށް ދީފައިވޭ،،މީގެ އިތުރުން މިރިހި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތާއި، އަނބުރާ ގައުމަށް ދިއުމުގެ ޓިކެޓުވެސް މަރީނާއަށް ވަނީ ދީފައެވެ.

2019 ވަނަ އަހަރަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އަމާޒު ހިފައި، އެ ޓާގެޓް ހާސިލްކޮށްފައިވާއިރު، އަންނަ އަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ވަނި އަމާޒު ހިފާފައެވެ. މިއަހަރުގެ އޮކްޓޯބަރު މަހު ގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން،،،މީގެ އިތުރުން އިންޑިއާ އަދި އޮސްޓްރޭލިއާ މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދިވެހިރާއްޖެއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ގައުމީ ފެންވަރުގައާއި، ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.