ހަކުރުބަލީގެ ދުވަސް ނުވަތަ ޑައިބޭޓީޒް ޑޭ ފާހަގަކުރުމުގެ ގޮތުން ހޮޓެލް ޖެންއިން ހާއްސަ ކެއުމެއް ތާރަފްކޮށްފި އެވެ.

ހަކުރުބަލި ތަހައްމަލް ކުރަމުންދާ ކުދިން ކެއުމަށް އެންމެ އެކަށޭނަ ގޮތައް ތައްޔާރުކޮށްފައިވާ މިކެއުން ދައްކާލުމަށް ހޮޓެލްޖެންގައި ޑައިބެޓީސް އެސޯސިއޭޝަންގެ ގިނަ ކުދިންތަކަކަށް މި ކެއުން ތައްޔާރުކުރާނެ ގޮތް ވަނީ ދައްކާލާައެވެ.

މި ހަރަކާތަކީ ސީއެސްއާރުގެ ދަށުން އެހޮޓަލުން އިސްނަގައިގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.

އެގޮތުން،، ހޮޓެލްޖެންގެ ފަރާތުން މުޖްތަމައުއަށް ފޯރުކޮށްދޭ އެހީތަކުގެ ތެރެއިން މިއަހަރުގެ ހަކުރުބަލީގެ ދުވަސް ފާހަގަކުުމުގެ ގޮތުން އެބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ފަސޭހައިން ތައްޔާރުކުރެވޭ ދެވައްތަރެއްގެ ކެއުން ވަނީ ތާރަފްކޮށްފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ހޮޓެލްޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ މުހައްމަދު ވިދަޅުވީ މިކެއުން ތައްޔާކޮށްފައިވަނީ، ޑައިބެޓީސް އެސޯސިއޭޝަންގެ ނިއުޓްރިޝަނުންގެ ޓީމާއި، ހޮޓެލް ޖެންގެ ޝެފުންގެ ޓީމް ގުޅިގެން ކަމަށެވެ.

މިފަހަރު މިތާރަފްކުރި ކެއުމަމީ ޑައިބެޓީސް ޓައިޕް ޓޫގެ ޕޭޝަންޓުންނަށް ހާއްސަކޮށްގެން ތައްޔާރުކުރި ކެއުންތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިކެޓަގެރީގަ މިތިބެނީ ތަންކޮޅެއް ކުޑަކުދިން. ދެން ބޭރަށް ރައްޓެހިންނާއެކު ގޮސް އުޅޭއިރުވެސް ސޭންޑްވިޗް ކަހަލަ އެއްޗެހި ޗޫސްކޮށް ހަދާނީ. އެހެންވެގެން އެކަހަލަ ޑިޝްތަކެއް މިކޮޅުން މި އިންޓްްރޮޑިއުސްކޮށްދެވުނީ. ގޭގަވެސް ފަސޭހައިން ހަދާލެވޭކަހަލައެއްޗެހި. އޭގެއިތުރުން ހަމަ ޑެޒާޓްވެސް، ކެވޭނެކަހަލަ ޑެޒާޓް އަޅުގަނޑުމެން މި އިންޓްރިޑިއުސްކޮށްދިނީ"
ހޮޓެލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ މުހައްމަދު

ނީނާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް އެ ހޮޓަލުން ހަރަކާތްތައް ބާއްވަމުން އަންނަ ކަމަށެވެ. އެހެންކަމުން އަންނަ އަހަރުވެސް މ ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް އާ ކެއުމެއް ތާރަފްކޮށްދިނުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ޑައިބެޓީސް އެސޯސިއޭސަންގެ ފަރާތުން ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަންގެ ސީއީއޯ އައިޝަތު ޝިރުހާނާ ވިދާޅުވީ ހޮޓެލްޖެންގެ މި ހަރަކާތުން ހަކުރުބަލީ ތަހައްމަލް ކުރަމުންދާ ކުދިންނަށް ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށެވެ. އަދި ދުޅަހެޔޮ ކާނާ ފަސޭހަކަމާއެކު ތައްޔާރުކުރާނެެ ގޮތްވެސް އެނގިގެންދިޔަ ކަމަށެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާަސަބަތުގައި މިފަދަ ހަރަކާތެއް ބޭއްވުމަކީ ބަލި ތަހައްމަލްކުރަމުންދާ ކުދިންނަށް ލިބުނު ފުރުސަތެއްކަމުގައި ދެކޭކަމަށްވެސް ޝިރުހާނާ ވިދާޅުވިއެވެ.