ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމާފައިވަނީ މިވަގުތު ކުރިއަށްދާ ރައީސް ޔާމީންގެ ޝަރީޢަތުގެ މަޖިލިހުގައި ގާޒީ އަލީ ރަޝީދު އެވެ.

ގާޒީ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމެވީ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުންގެ ބެންޗުން އެގޮތަށް އިއްތިފާގުވުމުން ކަމަށެވެ.

މިމައްސަލައިގަ ދައުލަތުން އެދުނީ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވެވުމަށެވެ.