ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލް ބުރަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދަތުރުކޮށްފިއެވެ.

ދަޝަރާތް ސްޓޭޑިއަމްގައި މިހާރު ކުރިޔަށްދާ އެތްލެޓިކްސް ހީޓުގެ ތިންވަނަ ހޯދައިގެންނެވެ. ސާޢިދު ދުވުން ނިންމާފައިވަނީ 10.66 ސިކުންތުންނެވެ.. މި ހީޓުގެ އެއްވަނަ ހޯދާފައިވަނީ ސްރީލަންކާގެ ދުވުންތެރިޔާ ހިމާޝާ އިޝާން އެވެ. އޭނާ ދުވުން ނިންމީ 10.51 ސިކުންތުންނެވެ.

މި ހީޓުގެ ދެވަނަ ހޯދާފައިވަނީ އިންޑިއާގެ ބާރު ދުވުންތެރިޔާ ގުރިދަރްވިރް ސިންގް އެވެ. އޭނާ ރޭސް ނިންމީ 10.60 ސިކުންތުންނެވެ.

ސާއިދު ދުވުމަށް ހަމަޖެހިފައިވާ 100 މީޓަރު ދުވުމުގެ ފައިނަލް އޮތީ ރާއްޖެގަޑިން 10:20 ގައެވެ.