ނޭޕާލްގެ ޕޮކަހާރާގައި ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެންބައިގައި ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި މުހައްމަދު އަލީ (ޑެންޒޯ) ގެ ޕެއަރ ކުއާޓާފައިނަލުގައި ޕާކިސްތާން އަތުން ބަލިވެ މުބާރާތާއި އަލްވަދާޢު ކިޔައިިފިއެވެ.

އާދަމް ނަސީމް އާއި މުހައްދު އަލީގެ ޕެއަރ ކުއަޓަރ ފައިނަލުން ކަޓާފައިވަނީ ޕާކިސްތާން އާދަމް ނަސީމް އާއި މުހައްމަދު އަލީގެ ޕެއަރ ވާދަކޮށް 2 ސެޓް އެއް ސެޓުން ބަލިވެގެންނެވެ. މެޗްގައި ރާއްޖޭގެ ޕެއަރއިންވަނީ ފުރަތަމަ ސެޓްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ފުރަތަމަ ސެޓްގައި ލީޑްގައި އޮވެގެން ކުޅެފައިވަނީވެސް ރާއްޖޭގެ ޕެއަރކަން ފާހަގަކޮށްލެވުނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިސެޓްގައި ޕާކިސްތާންގެ ޕެއަރގެ ފަރާތުން ސެޓްގައި ފަހުކޮޅުގައި ގިނަ މިސްޓޭކްތަކެއް ފެނިގެންދިޔައެވެ. މެޗްގެ ފުރަތަމަ ސެޓް ރާއްޖޭގެ ޕެއަރއިން ގެންދިޔައީ 21-15އިންނެވެ. މެޗްގެ ފުރަތަމަ ސެޓް ފަސޭހަކަމާއެކު ރާއްޖޭގެ ޕެއަރ އިން ގެންދިއުމާއެކު ދެވަނަ ސެޓްގައި ރާއްޖޭގެ އާދަމް އާއި މުހައްމަދު އަލީގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އަދި ދެވަނަ ސެޓްގެ ފަހުކޮޅުގައި ވަރަށް އާދައިގެ މިސްޓޭކަތަށްވެސް ފެނިގެން ދިޔައެވެ.

ކުއާޓާފައިނަލުގައި ރާއްޖެއާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ ޝަރުހާން/ އެމްއޯސީ

ނަތީޖާއެއްގެ ގޮތުން މެޗްގެ ދެވަނަ ސެޓް ރާއްޖެއަށް ގެއްލުނީ 21-18އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިސެޓްގައި އެއްވެސް ޓީމްއަކަށް މާބޮޑު ލީޑްއެއް ނުލިބެވެ. ނަމަވެސް މެޗްގެ ފަހު ކޮޅުގައި ރާއްޖޭއަށް ލީޑްވެސް ލިބުނެވެ. ޕާކިސްތާންގެ ޓީމުން ވަނީ ފަހު ސެޓްގައި ވަރަށް ބޮޑަށް ކުޅުން ރަގަނޅުކޮށްފައެވެ.

ރާއްޖޭގެ ޓީމަށް މެޗު ގެއްލުނީ އަމިއްލައަށް ހެދުނު ގޯސްތަކަކުންނެވެ. މެޗްގެ ފަހު ސެޓް ރާއްޖެއަށް ގެއްލުނީ 18-16އިންނެވެ. ކުއާޓާފައިނަލް މެޗުން ރާއްޖޭގެ ޓީމް ބަލިވުމާއެކު ބީޗް ވޮލީ ފިރިހެން ޓީމްއަށް މިހާރުވަނީ މުބާރާތް ނިމިފައެވެ.