މާލޭ ގެއެއްގެ ޓެރަސްމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މައްޗަންގޮޅީ ގެއެއްގެ ޓެރަސްމަތީގައި ފިރިހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު މިއަދު 11:18 ގައި ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން ގޮސް ބެލިއިރު އެމީހާގެ އަނގައިން ފޮނުއަރާފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއިއެކު މިމީހާ ތިރިޔަށް ބާލާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސަައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މީހާއަކީ އެގޭގައި ދިރިއުޅޭ މީހެއްް ނޫން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އެމީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ތިންފަންގިފިލާއަށް ހުރި މައްޗަންގޮޅި ޓޮމާޓޯގޭގެ ޓެރަސް މަތީގައި ވެއްޓިފައި އޮތް މީހަކު ތިރިއަށް ބޭލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްގީގު ކުރަމުންނެވެ.