އިއްޒުއްދީން ސްކޫލަށް މިހާތަނަށް 174 ކުދިންނަށް ޖާގަ ދީފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ ސްކޫލުން ޖާގަ ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާއިރު ދަރިވަރުންގެ ރަޖިސްޓްރޭޝަން ފޯމު އެމިނިސްޓްރީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މާލޭ އިންގްލިޝް ސްކޫލް ކުރިން ހިންގި އިމާރާތުގައި ހަދާފައިވާ އިއްޒުއްދީން ސްކޫލު އަންނަ އަހަރު ހުޅުވާއިރު ކިޔަވައި ދިނުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ.

މި ސްކޫލުގައި އެންމެ ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑު 1 އިން 6 އަށެވެ.

އެޑިޔުކޭޝަަން މިނިސްޓްރީން ބުނެފައިވަނީ އެ ސްކޫލުން ޖާގަ ދިނުމުގައިވެސް އަމަލުކުރާނީ މާލޭގެ އެހެން ސްކޫލުތަކުން ވެސް ޖާގަދިނުމުގައި އަމަލުކުރާ އުސޫލަށް ކަމަށެވެ.

އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 12 ގައެވެ.