އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީލިންގުގެ ބައެއް ވެއްޓި ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވެއްޓިފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގެ ސީލިންގުން ބައެކެވެ.

ސީލިންގު ވެއްޓުމުގެ ސަބަބުން އަަނިޔާވެފައިވަނީ ކުޑަ އަންހެން ކުއްޖަކަށް ކަމަށް މައުލޫމާތު ލިބެއެވެ. ސީލިންގުން ވެއްޓުނު ބައި ޖެހުނީ ގޮސް އެކުއްޖާގެ ބޮލުގައި ކަމަށާއި އެ ކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގާފައިވަނީ ގާތްގަނޑަކަށް މިއަދު 11:20 ހާއިރުއެވެ. އަދި އެވަގުތު ގިނަ އަދަދެއްގެ މީހުން އެތަނުގައި ތިބި ކަމަށްވެސް މައުލޫމާތު ލިބެއެވެ. ސީލިންގު ވެއްޓުނީ ވާރޭވެހުމުގެ ސަބަބުން ސީލިންގު ފޯވެގެން ކަމަށް ބެލެވޭ ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.

މިހާދިސާއާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.