އައްޑޫ ޓަރޝަރީ ހޮސްޕިޓަލް ހުޅުވުމަށްޓަކައި ކުރަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ބައްލަވާ ލައްވައިފިއެވެ.

ބައެއް ހިދުމަތްތަކާއެކު އައްޑޫގެ އާ ހޮސްޕިޓަލްގެ ހިދުމަތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

އައްޑޫ ޓާރޝަރީ ހޮސްޕިޓަލް ހަދާފައި މިވަނީ އައްޑޫސިޓީގައި 2011 ވަނަ އަހަރު ހަދާފައިވާ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތުގައެވެ.

އެންމެ ފަހުގެ މެޝިނަރީ ތަކާއެކު ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ މި ހޮސްޕިޓަލްގެ ޚިދުމަތް މާދަމާ ދޭން ފަށާއިރު ފުރަތަމަ ދޭނީ އޯޕީޑީގެ ޚިދުމަތާއި ލެބޯޓަރީ، އަދި އެކްސްރޭގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތެވެ.

މިއީ ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ 171 މިލިއަން ރުފިޔާގެ ލޯނު އެހީގެ ދަށުން ހަދާފައިވާ ހޮސްޕިޓަލެކެވެ.