އިނގިރޭސި ޕްރިމިއާ ލީގުގައި ނޯވިޗް ސިޓީ އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު އެއްވަރުވުމުން، ލިވަޕޫލަށް ތާވަލުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ފަރަގެއް ލިބިއްޖެ އެވެ.

ލީގުގައި އިއްޔެ ހަވީރު އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ވަނީ ވަޓްފޯޑް އަތުން 2-0 އިން މޮޅުވެފައެވެ.

މި މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެޓީމުން ވަނީ ލީޑު ނަގާފައވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސަޑިއޯ މާނޭ ގޯލެއް ޖަހާ ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ނަމަވެސް، ވީޑީއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ މާނޭ އޮފްސައިޑުގައި ހުރުމުން އެ ގޯލް ބަލައިނުގަންނަށް ނިންމާފައެވެ. މި މެޗުގައި ލިވަޕޫލުން ލީޑު ފުޅާކުރީ މެޗުގެ ފަހު މިނެޓުގައެވެ. ޑިވޮކް އޮރީގީ ޖައްސާލި ބޯޅައަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ޖެހި ސަލާހެވެ.

އިއްޔެގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް އެއްވަނައިގައި އޮތީ 17 މެޗުން 49 ޕޮއިންޓާއެކުއެވެ. ލިވަޕޫލްގެ ލީޑު ފުޅާވީ ރޭ ލެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރުވުމުންނެވެ.

ލެސްޓާ އާއި ނޯވިޗް ބައްދަލުކުރި މެޗުގެ ތެރެއިން ---

ނޯވިޗް ސިޓީން ލެސްޓާ ސިޓީގެ މޮޅުވުމުގެ ސިލްސިލާ އަށް ރޭ ނިމުމެއް ގެނައިރު، މިއީ ޕްރިމިއާ ލީގުގައި ލެސްޓާ އެންމެ ފަހުން ކުޅުނު 9 މެޗު ތެރެއިން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ލެސްޓާއިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމޫ ޕުކީ އެވެ. އެކަމަކު މެޗުގެ 38 ވަނަ މިނެޓުގައި ނޯވިޗްގެ ގޯލްކީޕަރު ޓިމް ކްރުލް އަތުން ބައިކޮޅަށް ވަން ގޯލާއެކު ލެސްޓާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓަކާއެކު ލެސްޓާ ތާވަލުގެ ދެވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 16 މެޗުން ވަނީ 32 ޕޮއިންޓު ލިބިފައެވެ.

މީގެ އިތުރުން ލީގުގައި ރޭ ރޭ އަމިއްލަ ދަނޑުގައި ބޯންމަތު އަތުން ޗެލްސީ ވަނީ 1-0 އިން ބަލިވެފައެވެ. މި މެޗުން ބަލިވުމުން ތާވަލުގެ ތިންވަނައިގައި އޮތް ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމަށް ޗެލްސީއަށް ލިބުނު ފުރުސަތު ގެއްލިގެންދިޔައިރު، އެޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި 17 މެޗުން 29 ޕޮއިންޓާއެކު އެވެ.