އިންފޯފިޝްގެ 34 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުވުން މާދަމާ ރާއްޖޭގައި ފަށާނެއެވެ.

މާދަމާއިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިންފޯފިޝްގެ ގަވަރނިންގ ކައުންސިލް ބައްލުވުން އިފްތިތާހްކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ.

2019 ވަނަ އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭންނެވެ.

އިންފޯފިޝް އަކީ، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ، ސަރަހައްދީ މެމްބަރު ޤައުމުތައް ތަމްސީލުކުރާ ޖަމުޢިއްޔާއެކެވެ. މިޖަމުޢިއްޔާގައި 13 މެމްބަރު ޤައުމު އެކުލެވެއެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ޤައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަޤްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާ ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.

މާދަމާ އޮންނަ އިންފޯފިޝްގެ 34 ވަނަ ގަވަރނިން ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ސެމީ ކޮރޮއިލަވެސައު، ރޭގައި ވަނީ ރާއްޖެ ވަޑައިގެންފައެވެ.