އަހަރެއްގެ މެދުކެނޑުމަކަށް ފަހު، ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ފަށައިފި އެވެ.

މި އަހަރު އަންހެން ޑިވިޝަނަށް ލީގު ބާއްވާފައިނުވި ނަމަވެސް، ފިރިހެން ޑިވިޝަނަށް ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ. ގައުމީ ލީގަށް ފަހު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު ފަށާ 51 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތަށް ކޮލިފައިވާނީ ލީގުގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމެވެ.

ގައުމީ ބޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ކުޅުން ރޭ ފެށިއިރު، މިއަހަރަގެ ލީގުގައި 5 ޓީމެއް ވާދަކުރެއެވެ. އެއީ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބާއި ސްޕޯޓްސް ކްލަބު ސިޓީ އާއި ގުޑީސްގެ އިތުރުން ސްޕޯޓްސް ކްލަބު ހޯކްސް އެވެ.

ލީގުގެ ފުރަތަމަ މެޗުގައި ރޭ ގުޑީސް އާއި ސްޕޯޓްސް ކްލަަބު ހޯކްސް އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ގުޑީސްއިންނެވެ. މެޗުގެ ސެޓުތައް ގުޑީސްއިން ގެންދިޔައީ 25-15، 25-10 އަދި 25-13 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުޑީސްގެ މުހައްމަދު އަހުސަނެވެ.

މިއަހަރުގެ ލީގުގެ ކުޅުން ރޭ ފެށިއިރު، ލީގުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއއަރީ މަހުގެ ހަވަނަ ދުވަހު އެވެ. އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ގައުމީ ލީގުގެ ޝީލްޑް އުފުލާލި މޯލްޑިވިއަން އިންނެވެ.