ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން، އަތޮޅުތެރެއިން ލިބެމުންދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ރައީސް ޔާމީން މިނިވަންކުރުމަށް ޕެޓިޝަނެއް ތައްޔާރުކޮށް އެއަށް ސޮއި ހޯދުމަށާއި ޕާޓީއަށް އޮތް ތާއީދު އިތުރުކުރުމަށް އަތޮޅުތެރެއަށް ކުރަމުންގެންދާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ލ.އަތޮޅަށް ދަތުރުފެއްޓެވުމުގެ މީޑިއާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ދަތުރުތަކުން، އަތޮޅުތެރޭގައި ރައީސް ޔާމީނަށް އޮތް ތާއިދު ފެނިގެންދާ ކަމަށް،، އެގޮތުން ރައީސް ޔާމީން މިނިވަން ކުރުމަަށް ގިނަ ރައްޔިތުންތަކެއް ގޮވާލަމުންދާ ކަމަށާއި، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަކީ ޚިދުމަތްތެރި ގައުމަށް ވަފާތެރިބޭފުޅެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ދ. އަތޮޅަށް ކުރެއްވި ކާމިޔާބު ދަތުރަކަށްފަހު، ލ. އަތޮޅަށް ވަޑައިގަންނަވާއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އިދިކޮޅު ކޯލިޝަނުގެ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން ގދ. އަތޮޅާއި އައްޑޫ އަތޮޅުގައިވެސް ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެން ދ. އަތޮޅަށް ދިޔައީ ކުޑަހުވަދޫ ރައްޔޮތުން އަމިއްލަޔަށް އެދިގެން، ރައީސް ޔާމީން ހައްޔަރުކުރުމާ ދެކޮޅަށް އެއްވުމެއް ބާއްވަން ބޭނުންވާތީ ޕާތީގެ އިސްވެރިން ބައިވެރިވާން އެދުމުން،
އަބްދުއްރަހީމް

ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ކޯލިޝަންގެ ޓިކެޓު ދެއްވާނެ ވާހަކަ، އަބްދުއްރަހީމް ވަނީ އަނެއްކާވެސް ތަކުރާރު ކުރައްވާފަ އެވެ. އަދި އިކޮޅު ކޯލިޝަން ރޫޅާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށްވެސް ގޮވާލައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރަށް އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން 1 އަހަރުގެ ވެރިކަމެއްގައި، މިގައުމު އެތައް އަހަރެއް ފަހަތަށް ޖައްސާލައިފި ކަމަށާއި، ގައުމު ސަލާމަތް ކުރެވޭނީ ރައީސް ޔާމީނަށް އެކަނި ކަމަށެވެ.