ރައްޔިތުންގެ އިތުބާރު ހޯދައި އަދުލުއިންސާފު ކަށަވަރުކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވެފައިވަނީ 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނިކޮށް ވިހެއި މައްސަލާގައި ކުއްޖާގެ މައިންބަފައިންގެ މައްޗަށް ދައުވާކޮށް އެކަން އާންމުކޮށް ޕީޖީ އޮފީހުން ކޮށްފައިވާ ޓުވީޓެއް ރީޓުވީޓު ކުރައްވައެވެ.

ޕީޖީ ވިދާޅުވީ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، އަދުލުއިންސާފު ގާއިމްކޮށްދެއްވާނެ ކަމަށެވެ.

މަޑުމަޑުން, އިތުބާރު ހޯދައި، އިރާދކުރެއްވިއްޔާ އަމާންކަމާއި ރައްކާތެރިކަމާއި، ޢަދުލު އިންޞާފު ކަށަވަރު ކޮށްދޭނަން.
ޕީޖީ ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ރައްޔިތުންގެ އޮތް އިތުބާރު ގެއްލި މަސައްކަތްތަކުގެ ދޯދިޔާކަމާ ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި ބޭފުޅުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ހުސައިން ޝަމީމް އެމަގާމަށް އައްޔަން ކުރައްވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.

މަގާމަށް އައްޔަން ކުރެއްވުމާއެކު އެ އޮފީހަށް އޮތް އިތުބާރު ހޯދައި އިންސާފު ގާއިމްކޮށްދެއްވުމަށް މަސައްކަތް ފައްޓަވާފައިވާ ކަމަށް ޝަމީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.