މާލެއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ 2022 ވަނަ އަހަރުގެ ކުރިން ހައްލުކުރުމަށް ދިގުރާސްތާ ޕްލޭން އެކުލަވާލެވިގެންދާނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފި އެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލައާއި، މާލޭ މަގުމަތިން ނަޖިސް އަރާ މައްސަލައަށް ހައްލެއް ހޯދުމަށް ގިނަ ދިރާސާތަކެއް ކޮށް، މިކަމަށް ހައްލެއް ހޯދައިދީފައިވާނެ ކަމުގައެވެ.
އެހެންނަމަވެސް މި ހައްލަކީ ކުރު ރާސްތާގެ ހައްލެއް ކަމަށާއި، 2022 ވަނަ އަހަރު ނިމުމުގެ ކުރިން މިކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.
އެގޮތުން ދިގު ރަސްތާގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށި، 2022 ވަނަ އަހަރުގެ ކުރިން މި މަސައްކަތް ނިންމަން މަސައްކަތްކުރަމުންގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މި މަސައްކަތް ފަށާނެ ގޮތުގެ ޑިޒައިންވެސް މިހާރު ނިމިފައިވާ ކަމަށާއި، މިކަމަށް ބެނުންވާ ދެ ބިމެއް ސަރުކާރުން ދީފައިވާކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާޒިމް ވިދާޅުވީ މާލޭގެ އާބާދީ ކުރިއަށް އޮތް ތަނުގައި ތިން ލައްކައަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. އެހެންނަމަވެސް އާބާދީ ކިތަންމެ ބޮޑުވި ކަމުގައި ވިޔަސް ނަރުދަމާގެ މައްސަލައަށް ހައްލެއް ގެނައުމުގެ ދިގު ރާސްތާގެ ޕްލޭނަށް އަމަލުކުރަން ފެށުމާއެކު މާލެއަށް ނަރުދަމާގެ މައްސަލަތައް ކުރިމަތިނުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މާލޭގެ ސްވަރޭޖް ނެޓްވޯރކްއަކީ 30 އަހަރުވެފައިވާ ސިސްޓަރމަކަށްބަލާއިރު އަދިވެސްރަގަޅުކަމަށްފެންނަ ސިސްޓަރމެކެވެ. އެކަމަކުއަހަރަކު އެއްފަހަރު ނެޓްވޯރކްސާފުކުރުމާއި މެއިންޓަރނަންސް ވަރަށްރަގަޅަށްބަލަހައްޓަން ޖެހެއެވެ.
މާމޭގެ ނަރުދަމާގެ މަސްއަލާ ހައްލުކުރެވޭނެކަމަށް ފެންނަނީ މިހާރުހުރި ޕަމްޕް ސްޓޝަންތައް އަޕުގުރޭޓް ކުރެވިގެންނެވެ. ކުރުގޮތަކަށްބުނާނަމަ ބުނެވޭނީ މިފަދަގޮތަކަށެވެ.