ނ. މާފަރުގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުއަށް ހުއްދަ ނުދޭން އީޕީއޭ އިން ނިންމި މައްސަލަ ދިރާސާކޮށް ބެލުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މާފަރަށް ވަޑައިގެންފި އެވެ.

އެ މައްސަލަ ދިރާސާކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު އެ މިނިސްޓްރީގެ ޓީމެއް މާފަރަށް ވަޑައިގެންނެވީ، މާފަރު އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއަށް ހުއްދަ ނުދޭން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިންމުން، އިސްތިއުނާފު ކުރުމަށް ޕްލޭނިން މިނިސްޓްރީން ހުށަހެޅުމާއި ގުޅިގެން ނެވެ.

ޕްލޭނިންގ މިނިސްޓަރ

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް ތައްޔާރުކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ އެޑެންޑަމް މުރާޖަޢާކުރުމަށްފަހު، އެ މަޝްރޫޢު ގުރިއަށްގެންދަން މިހާރު ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އީޕީއޭއިން ވަނީ ނިންމާފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މިނިސްޓަރގެ މި ދަތުރުފުޅުގައި އެ މައްސަލާއިގައި ގޮތެއްނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ވިހާވެސް ގާތުން ބައްލަވާނެ ކަމަށް،،އަދި ރަށު ކައުންސިލާއި، އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫޢުގެ މަޢުލޫމާތު އޮޅުންފިލުއްވާނެ ކަމަށެވެ. އަދި ދަތުރުފުޅަށްފަހު އެންވަޔަރަންމަންޓް މިނިސްޓްރީން ފަންނީ ރިޕޯރޓެއް ތައްޔާރުކޮށް މިނިސްޓަރުގެ ނިންމެވުން އީޕީއޭ އަށް އަންގާނެ ކަމަށާއި، މިނިސްޓަރ ނިންމެވުން ތަންްފީޒުކުރައްވާނީ އީޕީއޭ އިން ކަމަށެވެ.

ޕްލޭނިންގ މިނިސްޓަރ

ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދުގައި ވާގޮތުން އިސްތިޢުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިޢުނާފާމެދު މިނިސްޓަރ ނިންމެވާގޮތް ލިޔުމަކުން އިސްތިޢުނާފު ކުރި ފަރާތަށް އަންގަންޖެހެ އެވެ.

މި މައްސަލަ ޕްލޭނިންގ މިނިސްޓްރީއިން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ 30 ޑިސެންބަރު 2019 ގަ އެވެ.