ހޮލީވުޑްގެ ޝަރަފްވެރި އެވޯޑްސް ހަފުލާތަކުގެ ތެރޭގައި ހިމެނޭ ކްރިޓިކްސް ޗޮއިސް އެވޯޑްސް ފޮކްސް މޫވީސް އެޗް ޑީ ޗެނަލް އިން ވަގުތުން ފެންނާނެކަމަށް މީޑިއާނެޓުން ބުނެފިއެވެ.

މިހިނގާ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 5:00 ގައި މި ޝޯ ވަގުތުން ދައްކަން ހަމަޖެހިފައިވާއިރު، މި ޝޯގެ ރިޕީޓް ހަމަ އެދުވަހުގެ ހަވީރު 6:00 ގައި ދައްކާނެކަމަށް މީޑިއާނެޓުން ބުނެއެވެ.

ކްރިޓިކްސް ޗޮއިސް އެވޯޑްސް އަކީ ހޮލީވުޑް އިން ފާހަަގަކޮށްލެވޭ ފިލްމުތަކަށް ދޭ އެވޯޑެކެވެ.

މިއަހަރުގެ ކްރިޓިކްސް ޗޮއިސް އެވޯޑްސްއަށް ނޮމިނޭޓްވެފައިވާ ބައެއް ފިލްމަތަކުގެ ތެރޭގައި، މާޓިން ސްކޯސަސްގެ ދަ އައިރިޝްމޭން، ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް، ލިޓްލް ވޮމެން، ޖޯޖޯ ރެބިޓް އަދި، ޖޯކާގެ އިތުރުން ޕެރަސައިޓް ހިމެނެ އެވެ.

މީޑިއާނެޓްގެ ފޮކްސް މޫވީސް އެޗް ޑީ ޗެނަލް އަކީ ރާއްޭގައި މި އެވޯޑް ލައިވްކުރާ ހަމައެކަނި ޗެނަލްއެވެ. މީޑިއާނެޓްގެ ފެމިލީ ޕެކޭޖްއާއި، އެންޓަޓެއިންމެންޓް ޕްލަސް އެޑްއޮން ޕެކޭޖްގެ އިތުރުން ވޯންޓް އިޓް އޯލް ޕެކޭޖް ގެންގުޅުއއްވާ ފަރާތްތަކަށް މި ޗެނަލް ފެންނާނެކަމަށް މީޑިއާނެޓުން ބުނެއެވެ.