"ސުވެނިއާ ސަފާރީ"ގެ ނަމުގައި އެއާޕޯޓުގައި މައުރަޒެއް ބާއްވައިފި އެވެ.

ފަންނުވެރި އަންހެނުންގެ މަސައްކަތްތައް ވިއްކުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި މި މައުރަޒަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އާއި ވިމެން އެންޓްރަޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި މައުރަޒެކެވެ.

"ސުވެނިއާ ސަފާރީ" ގެ ނަމުގައި ބުރާސްފަތިދުވަހު ބޭއްވި މި މައުރަޒުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެ އެމީހުންގެ އުފެއްދުންތައް ޑިސްޕްލޭ ކޮށްފައިވެއެވެ.

އެއާޕޯޓު ވޯޓާ ފްރަންޓް ތިރީގައި އޮތް މި މައުރަޒުގެ އުފެއްދުންތައް ގަންނަން ބޭނުން މީހުންނަށް އެއްޗެހި ގަތުމުގެ ފުރުސަތުވެސް އޮތެވެ.

ނޫސްވެރިންނަސް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ހަސަން އަރީފް މި މައުރަޒަށް ވަރަށް ރަނގަޅު ތތަރުހީބެއް ލިބުނުކަމަށެވެ. އެމްއޭސީއެލްއިން ބޭނުންވަނީ މުސްތަގްބަލްގައި މިފަދަ ގިނަ މައުޒަރުތައް ބޭއްވުންކަމަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މިއެއާޕޯޓުގެ ޕަސެންޖާ އެކްސްޕީރިއެންސް އެންހޭންސް ކުރުމަށް ބައިވަރު ކަންކަން ހަމަ އަޅުގަނޑުމެން ކުރަމުންދާނަން. މީ އޭގެ އެއްކަންތައް. އަޅުގަނޑުމެން ވަރަށް އުފާކުރަން އެންޓްރަޕްރެނިއާސް އެސޯސިއޭޝަންއިން އިސްނަގައިގެން މިފަދަ ކަމެއްކުރާތީ. އެބޭފުޅުންގެ ޕްރޮޑަކްސްތައް ވިއްކޭނެ މިތާ އަދި އޭގެން ނަފާވެސް ލިބޭނެ."
އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ހަސަން އަރީފް

މިއީ އެއް ޕްލެޓްފޯމަކުން އޯތެންތެޓިކް ދިވެހި އުފެއްދުންތައް ދައްކާލުމަށް ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި މައުރަޒެކެވެ.