އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކުރުމަށް ބޭނުންވާ ފަރާތްްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) އަކީ މާލެ ފިޔަވައި ޓަރޝަރީ ހޮސްޕިޓަލް ފެންވަރުގައި ރާއްޖޭގައި ތަރައްޤީ ކުރެވިގެންދާ ފުރަތަމަ ހޮސްޕިޓަލެވެ.

އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ހިދުމަތް ރާއްޖޭގެ ބޮޑު އާބާދީއަކަށް ލިބިގެންދާއިރު އެ ހޮސްޕިޓަލުގެ އަމާޒަކީ ރާއްޖެއަކީ ސިއްހީގޮތުން ދުޅަހެޔޮއާބާދީއެއް އޮތް ޤައުމަކަށް ހެދުމަށް، ހަމަހަމަ ކަމާއެކު ލިބިގަނެވޭ، ފެންވަރު ރަނގަޅު ފަސޭހައިން ރައްޔިތުންނަށް ވާސިލްވެވޭ ފުރިހަމަ ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ހިތަދޫ ރީނަޖަލް ހޮސްޕިޓަލުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހަރަކާތްތެރިވާނެ ހޮސްޕިޓަލެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ މީހުން ބަލައިގަންނަ، ފަރިތަ ތަނަކުން މުހިންމު ކަމަށާއި، އެގޮތުން އެ ހޮސްޕިޓަލްގެ މޫނުމަތީގެ ގޮތުގައި ބޭނުންކުރާނެ ލޯގޯ އެއް ފަރުމާކުރުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ލޯގޯގެ ސޮފްޓް ކޮޕީތައް ހިމެނޭ ސީޑީ އާއި ހާރޑްކޮޕީ މިމަހުގެ 19 ގެ ކުރިން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ހިތަދޫ ރީނަޖަލް ހޮސްޕިޓަލުން ބުނީ، ހުށަހަޅާ ލޯގޯ އަކީ މީގެ ކުރިން ބޭނުންކޮށްފައިވާ ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯ އަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެއީ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ރަމްޒަކަށް ވާންޖެހޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރަށް ހުށަހަޅާ ލޯގޯ އަކީ އަމިއްލަ ވަންތަ، އުފެއްދުންތެރި ލޯގޯ އަކަށް ވާން ޖެހޭނެ ކަމަށާއި ލޯގޯގެ ޑިޒައިން އަކީ ހޮސްޕިޓަލުގެ ބިޒްނަސް ކާޑު، ލެޓަ ހެޑް، ބެނަރ، ޔުނިފޯމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށް ވާންޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެހެން ލޯގޯއެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެ ލޯގޯގެ ކޮޕީ އާއި ތަފްސީލު ހުށަހަޅަން ޖެހޭނެ ކަމަށާއި، ލޯގޯ ބޭނުންކޮށްފައި ހުރެެގެން ނުވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރަށް އީކުއަޓޯރިއަލް ހޮސްޕިޓަލުގެ ލޯގޯ އަކީ އައްޑޫވަންތަކަން ރަމްޒުކޮށްދޭ ލޯގޯ އަކަށް ވާންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އީކުއަޓޯރިއަލް ހޮސްޕިޓަލުގެ ލޯގޯ ފަރުމާކޮށްހެން އެއްވަނައަށް ހޮވޭ ލޯގޯ ހުށަހަޅާ ފަރާތަކަށް 10،000 ރުފިޔާގެ އިނާމެއް ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ. އަދި އެ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް އީކުއަޓޯރިއަލް ހޮސްޕިޓަލާ ހަވާލުކުރަންވާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.