ގަތަރު އެއާވޭސްއިން ޚާއްސަ 3 ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގެ ގަތަރު އެއަރވޭސްގެ އެޖެންޓު، ވިލާ ޓްރެވެލްސް އިން ބުނީ ގަތަރު އެއާވޭސްއިން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭ ޕްރޮމޯޝަންތަކެއް ފަށާފައިވާކަމަށެވެ.

މީގެ ތެރެއިން އެއް ޕްރޮމޯޝަނެއް މެދުވެރިކޮށް، ގަތަރު އެއަވޭސްގެ ފަސިންޖަރުންނަށް އިކޮނޮމީ އަދި ބިޒްނަސް ކްލާހުގެ ޓިކެޓުން 30 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެކަމަށެވެ. އަދި ދެވަނަ ޕްރޮމޯޝަނަކީ 8 މީހުންނަށްވުރެ ގިނަ ނޫން ގްރޫޕްތަކަށް ހާއްސަ ޑިސްކައުންޓްދޭ ޕްރޮމޯޝަނެކެވެ.

މީގެއިތުރުން ތިން ވަނަ ޕްރޮމޯޝަނަކީ ދުރާލާ ޓިކެޓް ބުކް ކުރާ މީހުންނަށް ޑިސްކައުންޓް ލިބޭނެ ޕްރޮމޯޝަނެއްކަމަށް ވިލާ ޓްރެވަލްސްއިން ބުނެއެވެ.

މި ޕްރޮމޯޝަންތައް ކުރިޔަށްދާނީ މިމަހުގެ 6 އިން 12 އަށެވެ.

މި ތިން ޕްރޮމޯޝަން ގެ ތެރެއިން ނަގާ ޓިކެޓަށް މިއަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދަތުރު ކުރެވޭނެކަމަށް ވިލާ ޓްރެވަލްސްއިން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންތައް ހިންގަނީ ވަކި މަންޒިލްތަކަކަށް ނަގާ ޓިކެޓަށެވެ. އަދި ޕްރޮމޯޝަން ހިނގާ މަންޒިލްތަކުގެ މައުލޫމާތު ވިލާ ޓްވެރެލްސް އިން ލިބޭނެކަމަށް އެކުންފުނިން ބުނެއެެވެ.