ސްރީލަންކަން އެއާލައިނުން، ތައިލެންޑަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރާއްޖެއަށް ސްރީލަންކަން އެއާލައިނުން ހާއްސްކޮށްފައިވާ އެޖެންޓް އޭސް އޭވިއޭޝަނުން ފެށި މި ޕްރޮމޯޝަންގެ ދަށުން އޯލް އިންކްލޫޒިވް ރިޓާން ޓިކެޓުގެ އެންމެ ދަށް އަގަކީ 332 ޑޮލަރެވެ. މިޕްރޮމޯޝަން ކުރިޔަށްދަނީ ޖެނުއަރީމަހުގެ 8 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިޕްރޮމޯޝަންގައި 40 ކޭޖީގެ ބެގެޖް އެލަވަންސެއްވެސް ފަސިންޖަރުންނަށް ލިބޭނެކަމަށް އޭސް އޭވިއޭޝަނުން ބުނެއެވެ.

ސްރީލަންކަންއިން ގަން އިންޓަރނޭޝަނަލް އެއަޕޯޓަށް ދަތުރުތަށް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޑިސެންބަރުމަހުއެވެ.

ސްރިލަންކަން އިން ސީދާ ދަތުރުތައް އައްޑު ފެށުމާއެކު އެސަރަހައްދުގެ ރިސޯޓްތަކަށްދާ ފަތުރުވެރިންނަށްވެސް ވަނީ ބޮޑެތި ފަސޭހަތަކެއް ލިބެން ފަށާފައެވެ.