ބަޣުދާދުގެ އުތުރުގައި އެމެރިކާ ސިފައިންތިބޭ އަސްކަރީ ބޭހަކަށް އެތައް ރޮކެޓް ހަމަލާއެއް ދީފިއެވެ.

ހަމަލާތައް އަމާޒުވެފައިވަނީ، ބަޣުދާދުގެ އުތުރުގައި އެމެރިކާ ސިފައިންތިބޭ ބަލަދު އެއަރބޭސްއަށެވެ.

މިކަން އީރާނުގެ އޮފިޝަލުންނާއި، އަސްކަރީ މަސްދަރުތަކުން ވަނީ ކަށަވަރުކޮށް ދީފައެވެ.

މިހަމަލާތަކުގައި އީރާގު ސިފައިންގެ ތިންމީހަކު ޒަޚަމްވިކަމުގެ ރިޕޯޓްތައްވެސް ލިބެމުން އެބަދެއެވެ.

ބަލަދު އެއަރބޭސްއަށް ރޮކެޓް ހަމަލާތައް ދެވުނުއިރު، އެތަނުގައި މަރުކަޒު ވެގެންތިބޭ އެމެރިކާ ސިފައިންގެ ގިނަމީހުން އެތަން ދޫކޮށް ގޮސްފައިވާ ކަމަށް އަސްކަރީ މަސްދަރުތަކުން ބުނެއެވެ.

އިރާގުގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ސަލާހުއްދީންގެ ފުލުހުންގެ އިސް އޮފިސަރެއް ކަމަށްވާ ކާނަލް މުހަންމަދު ޚަލީލް ވިދާޅުވީ، ބަލަދު އެއަރބާސްއަށް ފޮނުވާލި ރޮކެޓްތަކުގެ ތެރެއިން އެއް ރޮކެޓް އަމާޒުވީ އެއަރބޭސްގެ ރަންވޭއަށް ކަމަށެވެ. އަނެއް ރޮކެޓް އަމާޒުވީ އެއަރބޭސްގެ މައި ގޭޓަށް ކަމަށެވެ.

އަސްކަރީ ބޭހަށް އެތައް ރޮކެޓެއް ފޮނުވާލާފައި ވާކަމަށް ޚަބަރު ލިބެމުން އެބަދެއެވެ.

ކާނަލް ޚަލީލް ވިދާޅުވީ، މިހަމަލާގައި ޒަޚަމްވެފައިވާ އިރާގު ފުލުހުންގެ ތިން މީހުންނަކީ، އެއަރބޭސްގެ ގޭޓްގައި ފޯރިއަށްތިބި ތިންމީހުން ކަމަށެވެ.

މިހަމަލާގައި އެމެރިކާ ސިފައިންގެ މީހަކަށް ކަމެއްވީކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ. އަދި މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއްވެސް ނުވެއެވެ.

އެމެރިކާ ސިފައިންގެ ބޭހަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް މިދިނީ، އިރާގުގައި އެމެރިކާ ސިފައިން ގާއިމްވެތިބޭ އަސްކަރީ ދެ މަރުކަޒަކަށް އީރާނުން މިސައިލް ހަމަލާތަކެއް ދިންތާ ހަވަނައަށްވީ ދުވަހުއެވެ.

އީރާނު ސިފައިން މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެރޭ 22 މިސައިލް ފޮނުވާލައިގެން ހަމަލާ ދީފައިވަނީ، އިރާގުގެ އަންބާރު ޕްރޮވިންސްގައި ގާއިމްކޮށްފައިވާ އައިނުލް އަސަދު އެއަރބޭސްއަށާއި، އިރްބީލްގައި ގާއިމްކޮށްފައިވާ ބޭސްއަށެވެ.