ދިރާސީ އައު އަހަރަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ އިން ހާއްސަ ޕްރޮމޯޝަން އެއް ފަށައިފި އެވެ.

"ބެކް ޓު ސްކޫލް" ގެ ނަމުގައި މި ޕްރޮމޯޝަން ފަށާފައި ވަނީ އާދިއްތަ ދުވަހު އެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދިއުމަށް ނިންމާފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 12 އިން ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ސުޕަމާޓުން ވިއްކާ ޑެވޮންޑެލް ފުލް ކްރީމް 200 އެމްއެލް ޕެކެޓުގެ ކޭހެއް ގަތުމުން އިނާމެއް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ. އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ 24 ޕެކެޓް ހިމެނޭ، ޑެވޮންޑެލް ފުލް ކްރީމް ކޭހެއް ވިއްކަނީ 170 ރުފިޔާއަށް ކަމަށެވެ.

ދިވެހިންގެ މެދުގައިވެސް މަގުބޫލު ޑެވޮންޑެލް އަކީ އޮސްޓްރޭލިއާގެ އުފެއްދުމެ ކެވެ. ޑެވޮންޑެލް ކިރަކީ ސްކޫލް ކުދިން ހެނދުގެ ނާސްތާގައި އާންމުކޮށް ބޭނުންކުރަމުންދާ އުފެއްދުމެކެވެ.