ށ. ފުނަދޫއިން މަހަށް ނިކުމެ އުޅުނު މީހެއްގެ ކަރުގައި ކަންވާރެއް އޮޅި އޭނާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު، ށ. ފުނަދޫ އިން ޑިންގީއެއްގައި އެކަނި މަހަށް ނިކުމެ އުޅުނު މީހެއްގެ ކަރުގައި ކަންވާރު އޮޅިފައި ވަނީ، އޭނާ އެއްލައިގެން ހުރި ނަނުގައި މަހެއް ގަތް ވަގުތު އޭނާ ކަނޑަށް ވެއްޓުމުން ކަމަށެވެ.

މަރުވެފައި ވަނީ، ފުނަދޫއަށް ނިސްބަތްވާ އާދަމް އިބްރާހިމް، 59އ. އެވެ.

ފުލުހުން ބުނީ ހޮސްޕިޓަކަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެނައީ، އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އެހެން ދޯންޏަކަށް އޭނާ ވެއްޓިފައި އޮއްވާ ފެނިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން އޭނާ ވެއްޓިފައި އޮއްވާ ފެނުނު ސަރަހައްދުން އޭނާ އަރައިގެން ހުރި ފެންފައިވާން ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.