ގދ.ގައްދޫ ގެއެއްގެ ގޯތިތެރޭގައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

މީޑިއާއަށް މި މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ރޭ 4:40 ހާއިރު ގައްދޫ ގެއްގެ ގޯތިތެރޭގައި ހުރި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި އެ މައުލޫމާތުތައް ފުލުހުންނަށް ލިބުމާއެކު އެ ގެއަށްގޮސް ފުލުހުންނާއި އާންމު ރައްޔިތުންގެ މަސައްކަތުން ރޯވެފައި ހުރި އަލިފާން ނިއްވާލާފައިވާ ކަމަށެވެ. މި ހާދިސާގައި ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށާއި އެ މައްސަލާއާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.