މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރުގެ މިމުއްދަތާ އަޅާބަލާއިރިު 10 އިންސައްތަ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 361 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 361 މިލިއަން ރުފިޔާއެވެ. އެހެންކަމުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ މިވަނީ 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ޑިސެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހާ އަޅާބަލާއިރު ވަނީ 4 އިންސައްތަ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޑިސެމްބަރ މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޗައިނާ، ތައިލޭންޑް އަދި ޔޫ.އޭ.އީ އިންނެވެ. ޗައިނާ އިން 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީ އިން 654 މިލިއަން އަދި މެލޭޝިޔާ އިން 445 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން މިދިޔަ ޑިސެމްބަރު މަހު ޖަރުމަނުވިލާތް މެލޭޝިޔާ، އެމެރިކާ، އިންޑިއާ، ފަރަންސޭސިވިލާތް، ސިންގަޕޫރު އަދި އިނގިރޭސިވިލާތުން ވެސް ވަނީ ރާއްޖެއަށް މުދާ އެތެރެކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑާ ޖަރުމަންވިލާތުގެ އިތުރުން އެމެރިކާ އަށެވެ.