މިއަހަރުގެ ހުރިހާ ދުވަހަކުވެސް ކައިވެނިކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ފެމިލީ ކޯޓުން ކުރިން ވަނީ، ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި އަންނަ ބަންދު ދުވަސްތަކާއި، ރޯދަމަހުގެ ފުރަތަމަ ދެ ދުވަހާއި، އީދު ދުވަސްތަކާ ގުޅިގެން އަންނަ ބަންދު ދުވަސްތަކަކީ ކައިވެނި ކޮށްނުދޭ ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ނިންމުން ބަދަލުކޮށް، މިއަހަރުގެ ހުރިހާ ދުވަހެއްހައި ވެސް ކައިވެނިކޮށްދޭ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިހާރު ނިންމާފައިވާ ކަމަށެވެ.

މީގެކުރިންވެސް ފެމިލީ ކޯޓުން ބައެއް ދުވަސްތަކުގައި ކައިވެނިކޮށް ނުދެއެވެ. އެހެންކަމުން މިއީ އަހަރެއްގެ ހުރިހާ ދުވަހެއްގައިވެސް ކައިވެނިކޮށްދޭން އެކޯޓުން ނިންމި ފުރަތަމަ ފަހަރެވެ.