އުމުރުން ދުވަސްވީ މީހަކު، އުމުރުން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެގައި ކަމަށެވެ.

މިކަން ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ކަމަށް ހާމަކުރި ނަމަވެސް، އެއީ ކޮން ރަށެއް ކަމެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

މިމައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، ނަމަވެސް މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"ކުޑަކުދިންނަށް ކުރާ އަނިޔާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް. ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމަށް ކުއްޖާގެ އަތޮޅާއި ރަށް މި ސަރވިސްއިން ހާމަނުކުރަން"
މޯލްޑިވްސް ޕޮލިސް ސަރވިސް