އދ. އަތޮޅުގައި ދެ ލޯންޗް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 11:10 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މާމިނގިލި އަރިޔަދޫ ކަންމަތިން، ސަން އައިލެންޑް ރިސޯޓުގެ ލޯންޗެއް ފަތުރުވެރިން މޫދަށް ބާލައިގެން އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބާ އެހެން ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ސަން އައިލެންޑްގެ ލޯންޗުގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި ސަން އައިލެންޑް ރިސޯޓުގެ ލޯންޗުގައި ތިބި ބައެއް ގެސްޓުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި ލޯންޗަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ވަނީ ބުނެފަ އެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ގެސްޓުންނަށް އދ. މާމިނގިލީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ނެވެ.