ރޭ ހޯޑެެއްދޫއިން ގެއްލިގެން ރިޕޯޓު ކުރި އެރަށު ސަތަވަރީގެ އަލީ ޝަޒުވާން މުހައްމަދު ފެނިއްޖެއެވެ.

ހޯޑެއްދޫ ކައުންސިލުން ވީނިއުސްއަަށް މައުލޫމާތު ދީފައިވާގޮތުން 22 އަހަރުގެ އެޒުވާނާ ވަނީ އަމިއްލައަށްއެނބުރި ގެއަށް އައިސްފައެވެ.

އޭނާ ގެއަށް އައިސްފައިވަނީ ރޭ ދަންވަރު 03:30 ހާއިރުކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ނަމަވެސް، އޭނާ ގެއަށް އައިސްފައިވާ ރޭ ދަންވަރު 1:14 އެހާއިރު ކަމަށް އާއިލާއިން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ޒުވާނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ 09:37 ހާއިރުއެވެ.

އެޒުވާނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާންމުންވަނީ ކޮށްފައެވެ.