އއ މާޅޮސް ކައިރީގައި ފީނަން އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ އެވެ

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ ފީނަން އުޅުމުގެ ތެރޭގައި މަރުވެފައިވަނީ 71 އަހަރުގެ ޖަރުމަނު ފަތުރުވެރިއެއް ކަމަށެވެ.

ފުލުހުންބުނީ މި އަންހެންމީހާ އއ މާޅޮސް ކައިރީގައި އޮތް ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ހާލު ސީރިއަސް ވެގެން މާޅޮސް ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ. އެހެންނަމަވެސް މަރުކަޒަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މަުއލޫމާތުދެއެވެ.

ފުލުހުން ބުނީ އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 8:45 ހާއިރު ކަމަށެވެ. އެ މައްސަލަ އިތުރަށް ތަޙްގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.