ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަގާމުން ވަކިކޮށްފިއެވެ.

މިކަމާގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވަކިއެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ވީނިއުސްއަށް މިކަން ވަނީ ޔަގީންވެފައެވެ.

އަދި މިރޭގެ ވަގުތެއްގައި އެމަގާމަށް އެހެން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނެ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަގާމުން ވަކިކޮށްފައި މިވަނީ ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ އެކަމުގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށެވެ. އަދި މިކަންކަން ވަނީ ޖަލުތަކުގެ އޮޑިޓް ރިޕޯޓުންވެސް ހާމަވެފައެވެ.