މަގާމުން ވަކިކުރުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަގާމުން ވަކިކުރުމާއެކު އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރު ކޯލިޝަނަށް ތުހުމަތުތަކެއް ކުރައްވާފައެވެ.

މުނާޒް ވިދާޅުވީ ކަރެކްޝަނުގައި ހުންނަވަނިކޮށް ކޯލިޝަން ތެރެއިންނާއި ބޭރުން ގުޅިގެން ކުޅިގަނޑެއް ކުޅެ އެކަން ކާމިޔާބު ނުވުމުން އެއީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.