އިންޑިއާގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސްގެ ފަރާތުން ދިވެހި ޑޮކްޓަރުންނަށް ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

އެއް ދުވަހުގެ މުއްދަތަކަށް އިއްޔެ ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ ކޮންޓިނުއަލް މެޑިކަން އެޑިއުކޭޝަންގެ ދަށުން އިމޭޖް ގައިޑެޑް ތެރަޕީ ސެޝަންތަކެކެވެ.

މި ވޯކްޝޮޕްގައި ޑޮކްޓަރުންނަށް ތަމްރީނުދީފައިވަނީ އެއިމްސް ހޮސްޕިޓަލިގެ ޑިރެކްޓަރ އިސްކޮށް ޑރ ރަންދީޕް އިސްކޮށް ހުންނެވި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޓީމަކުންނެވެ.

މި ވޯކްޝޮޕަކީ ނިމިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެފައިވާ ކަންކަމުގެ ތެރެއިން "މެމޮރެންދަމް އޮފް އަންޑަސްސްޓޭންޑިންގ އިންދަ ފީލްޑް އޮފް ހެލްތު"ގެ ދަށުން ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

މިއީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ބާއްވާފައިވާ ދެވަނަ ވޯކްޝޮޕެވެ. މީގެ ފުރަތަމަ ވޯކްޝޮޕް ބާއްވާފައިވަނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.