ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ އަންނަމަހު ބޭއްވުމަަށް ނިންމާ މަގާމުތަކަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ފެބްރުއަރީ 24 ގައެވެ. މި ޖަލްސާގައި އާ ދައުރަކަށް އެ އެސޯސިއޭޝަނުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރައްވާނެއެވެ.

އާ ދައުރަކަށް އިންތިހާބުކުރުމަށް ނިންމާފައިވާ މަޤާމުތަކަކީ އެސޯސިއޭޝަންގެ ރައީސް އާއި ނާއިބު ރައީސްއާއި ހަޒާންދާރުގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ ފުރިހަމަ މެމްބަރުން ތަމްސީލުކުރާ މެމްބަރު، އެގްޒެކްޓިވް ކޮމިޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލުކުރާ މެމްބަރު، އެގްޒެކެޓިވް ކޮމިޓީގެ ފަރުދީ މެމްބަރުން ތަމްސީލުކުރާ މެމްބަރުގެ އިތުރުން އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރެކެވެ.

މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ވަނަވަރާއި އައިޑީކާޑުގެ ކާޑްގެ ކޮޕީއާއިއެކު 3 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުމަށް ބެޑްމިންޓަން އެސޯސިއޭޝަނުންވަނީ އެދިފައެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ފަރާތްތަކަކާއި، އަމިއްލަ މެމްބަރުންގެ ތެރެއިން ފާއިތުވި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރަޖިސްޓްރޭޝަން ހައްދާ 02 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް މެމްބަރޝިޕްފީ ދައްކާފައިވާ ފަރާތްތަކެވެ.

އަދި ކްލަބް ޖަމިއްޔާތަކުގެ ތެރެއިން، އެ އެސޯސިއޭޝަންގެ ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތިން ފާއިތުވި 2 އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ މެމްބަރ ކްލަބް ޖަމިއްޔާ ތަކުގެ ތެރެއިން 02 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީ ދައްކަވާ ކްލަބު ޖަމިއްޔާތަކަށެވެ. މީގެ އިތުރުން ފާއިތިވީ އަހަރު އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީތަކުގެ ތެރެއިން ޤައިވާއިދާ އެއްގޮތަށް ރިޕޯޓް ހުށަހަޅާ ކޮމެޓީތަކަށް ވޯޓް ދެއްވޭނެކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ޝަރުތުހަމަވާ ކްލަބް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން އެ އެސޯސިއޭޝަނަށް ލިޔުމަކުން ހުށައަޅަންޖެހެއެވެ.