ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެ އަންނަ ލޭނުގައި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

މަންޒަރު ދުށް ވީނިއުސްގެ ރިޕޯޓަރ ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ އަންހެނަކަށެވެ. އަދި ސައިކަލުއައީ ކާރު ފަހަތުން ކަމަށާއި ބާރު ސްޕީޑުގައި އައިސް ކާރުގައި ޖެހުނީ ސައިކަލު ކަމަށްވެސް ބުނެޏެވެ. އަދި ސައިކަލުގައި އިން އަންހެންމީޙާ ނަގާފައިވަނީ ކާރު ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 7:15 ހާއިރު ކަމަށާއި، އަނިޔާވެފައި ވަނީ ސައިކަލު ދުނއްވަން އިން އުމުރުނ 27 އަހަރުގެ އަންހެނަކަށް ކަމަށެވެ. އަދި އޭނާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށެވެ.