ސާނަވީ ތައުލިމު ނުވަތަ ގްރޭޑް 10 ފުރިހަމަ ކުރުމަށް ފަހު ދަރިވަރުން އެކި މަގުތައް ޚިޔާރު ކުރެއެވެ. އެއްބައި ކުދިން ވަޒީފާ އަދާ ކުރަންފަށާ، އަނެއް ބަޔަކު މަތީ ތައުލީމަށް ކޮލެޖުތައް ޚިޔާރު ކުރެއެވެ.

އާންމު ގޮތެއްގައި ސާނަވީ ތައުލީމު ނިންމުމަށް ފަހު ދެން ފެންނަނީ މަތީ ސާނަވީ ތައުލީމަށް ދާ ކުދިންނެވެ. ތައުލީމީ ގޮތަކަށް ބަލާއިރު ސާނަވީ އަށްފަހު އަންނަ ހަރުފަތަކީ ވެސް މަތީ ސާނަވީ އެވެ.

ރާއްޖޭގައި ވެސް މަތީ ސާނަވީ ތައުލީމުދޭ ސްކޫލުތައް ވަކި މަދެކޭ ނުދެނެންވޭނެއެވެ. އަތޮޅު ތެރޭގައިވެސް ސްކޫލުތައް ހުރެއެވެ. ނަމަވެސް ހަމައެކަނި މަތީ ސާނަވީ ތައުލީމަށް ހާއްސަކޮށްފައިވަނީ އެންމެ ދެ ސްކޫލެވެ. ސަރުކާރު ސްކޫލެއް ކަމަށްވާ ސެންޓަރ ފޮރ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސީ) އަދި ވިލާ ގްރޫޕުން ހިންގާ އަމިއްލަ ސްކޫލު ވިލާ އިންޓަނޭޝަނަލް ހައިސްކޫލެވެ.

މަތީ ސާނަވީ ތައުލީމުގެ އައު އަހަރެއް ފެށުމަށް ތައްޔާރުވެފައިވާއިރު ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ވެސް އަންނަނީ އައު އަހަރުގެ ތައްޔާރީތައް ވަރަށްވެސް ފުރިހަމައަށް ވަމުންނެވެ.

އެގޮތުން އެ ސްކޫލުގެ އޯޕަންޑޭ ހުކުރު ދުވަހު ބާއްވާފައިވާއިރު، ސްކޫލުގެ މުޅި ގޯތި ތެރޭގައި އެކި ކަހަލަ ސްތޯލްތައް ބަހައްޓައި ކުދިންނަށް ސްކޫލާ ބެހޭ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައި ވެއެވެ.

ރާއްޖޭގައި މިހާރު ހުރި މަތީ ސާނަވީ ތައުލީމު އުނގަންނައިދޭ ސްކޫލުތަކަށް ބަލާއިރު ވިލާ އިންޓަނޭޝަނަލް ހައިސްކޫލަކީ ހަމަ އެއްވަނަ ސްކޫލޭ ދެނެނެވިދާނެ އެވެ. އެ ސްކޫލުން ލިބެން ހުންނަ ވަސީލަތްތަކަށް ބަލާލިކަމުގައިވީ ނަމަވެސް މިކަން ހާމަވެގެންދެއެވެ. ސައިންސް އަދި ބިޒްނަސް މި ދެ ސްޓްރީމް ވެސް ކިޔަވައިދޭ ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގެ ލެބޯޓްރީ ތަކަކީ ރާއްޖޭގައި ސްކޫލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭނެ ފެންވަރު ރަނގަޅު ލެބޯޓަރީ ހުންނަ އެއް ސްކޫލެވެ.

ލެބޯޓަރީގެ އިތުރަށް ލައިބްރަރީގެ ޚިދުމަތަށް ބަލާއިރު މި ލައިބްރަރީ އަކީ ކޮލެޖު ދަރިވަރުންނާއި ހައިސްކޫލަށް އެއްކޮށް ހަދާފައިވާ ލައިބްރަރީ އެއް ކަމުން ލައިބްރަރީ ގައި ދަރިވަރުން އުނގެނެން މުއްސަނދި މައުލޫމާތުތައް ލިބޭނެ ފަދަ ފޮތްތަކާއި އޮންލައިން ވަސީލަތްތައް ވަރަށްވެސް މުއްސަންޖެވެ.

މީގެ އިތުރަށް ސްކޫލުގެ ގޯތި ތެރެއާއި ކްލާސްތަކަށް ބަލާލި ކަމުގައިވީ ނަމަވެސް ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ވަރަށްވެސް ހިތްގައިމެވެ. މާ ބަގިޗާ ތަކުން ފުރި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަދާފައިވާ ސްކޫލު ގޯތިތެރެއަކީ ދަރިވަރުންނާއި ވަރަށްވެސް ރައްޓެހި އަދި ހިތްގައިމު ގޯތިތެރެ އެކެވެ. ސްކޫލުގެ ކްލާސްރޫމް ތަކުގައިވެސް އޭސީ ހުންނަ އިރު ސްކޫލުން ދަރިވަރުންނަށް ހިލޭ ވައިފައި ވެސް ލިބިގެންދާނެ އެވެ.

މި ހުރިހާ ކަމެއް ކިތަންމެ ފުރިހަމަވިޔަސް ކިޔެވުމުގައި ދަތިތަކެއް ހުރެދާނެ އެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނޭ ބުނާ ސަބައްޓަކައި އެ ފޮތުގައި އޮތް އެއްޗެއް ކިޔާދޭނެ މޮޅު ހުނަރުވެރި ބަޔަކު ބޭނުންވެއެވެ. ވީނިއުސް އާއި ވާހަކަދައްކަމުން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގެ އިސް ދަރިވަރެއް ބުނީ، މަތީ ސާނަވީ ތައުލީމަށް ވިލާ އިންޓަނޭޝަނަލް ހައިސްކޫލު ހިޔާރު ކުރަން އެހެން ދަރިވަރުން ކައިރީ އެދޭނެ ސަބަބުތައް ވަރަށްވެސް ގިނަ ކަމަށެވެ.

އެހެންނަމަވެސް އެންމެ މައިގަނޑު އަދި މިހުންމު ސަބަބަކު އެ ސްކުލުގެ މުދައްރިސުން ކަމަށެވެ. ސްކޫލުގެ މުދައްރިސުންނަކީ ދަރިވަރުންނާއި ވަރަށްވެސް އެކުވެރި އަދި ގާތްކޮށް ދެކޭ ބައެއް ކަމަށެވެ.

މި ސްކޫލުގަ ކިޔެވި އިރު އެންމެ ފާހަގވި މަކަި ސްކޫލުގެ މުދައްރިސުންގެ ރަނގަޅުކަން، ވަރަށް އެކުވެރި ހީވަނީ ހަމަ އަމިއްލަ އާއިލާހެން، މަންމަ ބައްޕަ ހެން،ކިރިޔާ އެއްޗެއް ނޭނގުނަސް އިތުރު ގަޑީގައި އެކުގައި މަޑު ކޮށްފަވެސް ކިޔާދޭ، އެއްވެސް ރުޅިވެރި ކަމެއް ނުހުރޭ
ވީއައިޗްއެސްގެ އިސް ދަރިވަރެއް

ވިލާ އިންޓަނޭޝަނަލް ހައިސްކޫލުން ފާހަގަވާ އަނެއްކަމަކީ ސްކޫލުގައި ކިޔަވައިދިނުމުގައި ގެންގުޅޭ ތަފާތު އުކުޅުތަކެވެ. ހަމަ އެކަނި ކްލާސްރޫމްގައި ނޫނީ ހަތަރު ފާރުން އެތެރޭގައި ތިބެ ފޮތް ތަކުގައި ހުރި އެއްޗެއް އުނގެނުމަކީ މި ސްކޫލުން ގަބޫލުކުރާ އުސޫލެއް ނޫނެވެ.

ވީނިއުސް އާއި ވާހަކަދައްކަވަމުން ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ސްކޫލުގެ ދަރިވަރުންނަށް ފޮތްތަކާއި ސްކޫލުގެ ހަތަރު ފާރުން ބޭރުން ތައުލީމު އުނގެނުމުގެ ފުރުސަތު ވަރަށް ވެސް ބޮޑަށް ފަހިކޮށްދެފައިވާނެ ކަމަށެވެ.

އެގޮތުން ލާނިންގ ބިޔޯންޑް ވޯލްސް ނަމުގައި ކޮންމެ އަހަރަކުވެސް ގައުމުން ބޭރަށާއި، މާލެއިން ބޭރަށް ވެސް ދަތުރުތައް ކުރަމުންދާ ކަމަށެވެ. ސަގާފީ ދަތުރުތަކުގައި ރާއްޖޭގެ އެކި އަތޮޅުތަކަށް ގޮސް، ރާއްޖޭގެ ސަގާފީ ކަންކަން ބަލައި ދިރާސާކުރުމުގެ ފުރުސަތު ލިބިގެންދާއިރު ރާއްޖޭއިން ބޭރަށް ކުރާ ދަތުރުތަކުގައި ލެބޯޓްރީ ތަކާއި މި ނޫންވެސް ތަންތަނުގައި މަސައްކަތް ކުރާ ގޮތުގެ ފަސްޓް ހޭންޑް ތަޖުރިބާ ލިބިގެންދާނެ ކަމަށް ޕްރިންސިޕަލް ވަނީ ވިދާޅުވެފަ އެވެ.

ތައުލީމު އުނގެނުމުގެ އެންމެ މައިގަނޑު މަގްސަދު ކަމަށްވާ ނަތީޖާ ހާސިލް ކުރުމަށް ބަލާއިރު ވެސް، ރާޢްޖޭގައި އެންމެ ރަނގަޅު ނަތީޖާ ނެރޭ އެއް ސްކޫލެއްގެ ގޮތުގައި ވިލާ އިންޓަނޭޝަނަލް ހައިސްކޫލް ފާހަގަކޮށްލެވެ އެވެ.