މި ދުވަސްވަރު ރާއްޖޭގެ ބައެއް ރަށްތައް ވަރަށް ބޮޑަށް ގިރަމުން ދަނީ ވަކި ދުވަސްވަރެއްގައި މޫސުން ދިމާވަމުންދާ ގޮތަކުން ކަމަށް އެންވާރަމަންޓު މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރަށް ގިރުމުގެ މައްސަލާގައި އެންވާރަމަންޓު މިނިސްޓަރ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ރަށްތައް ގިރަމުންދާ ގޮތާއި މިންވަރަށް ބަލާއިރު ހުރިހާ ރަށަކަށްވެސް މިކަމުގެ އަސަރުކުރަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ރަށް ގިރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތަކާއި ފަޅުރަށްތަކަށްވެސް މިކަމުގެ އަސަރު ކުރަމުންދާއިރު އެންމެ ބޮޑަށް މިކަން ފެންނަނީ މީހުން ދިރިއުޅޭ ރަށްތަކުން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މީހުން ދިރިއުޅޭ، ބަނދަރު ހަދާފައި ހުރި ރަށްރަށުގައި ގިރުން ބޮޑު ކަމަށް ވިދާޅުވިއެވެ. އަދި ފަޅު ރަށްރަށުގެ ގޮނޑުދޮށްތައްވެސް ގިރާފައިވާ ކަމަށް އެންވައިރްމަންޓު މިނިސްޓަރ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރަށް ގިރަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ރަށްރަށުގެ ބަނދަރުތައް ހަދާފައި ހުރި ގޮތުން ކަމަށާއި، ކުރިން ބަނދަރުތައް ހަދާފައި ހުރީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ. ރަށް ގިރުމުގެ މައްސަލަ މީގެ ކުރިން މިހާ ބޮޑު ނުވުމުން އެ ކަންބޮޑުވުންތައް އެވަރަށް ނެތުން އެކަށީގެންވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. ހުސައިން އިތުރަށް ވިދާޅުވީ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ރަނގަޅު ގޮތަކީ ހިލަ ތޮށި އެޅުމުގެ ބަދަލުގައި "ނޭޗަރ ބޭސް ސޮލިއުޝަން" އެއް ކަމަށެވެ. ބަނދަރުތައް ހަދާއިރު ބަލަންވީ ވެއްޓަށް އެކަމުން ލިބޭނެ ގެއްލުން ކުޑަކުރުމަށް ކަމަށާއި، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތް ބަދަލުކުރުމަށް ކުރެވޭ ކޮންމެ ކަމަކާއި ގުޅިގެން ގުދުރަތީ ވެއްޓަށް ބަދަލުތަކެއް އަންނަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްގިރާ މައްސަލައިގައި މިނިސްޓަރު ހިމެނިވަޑައިގަންނަވާ ގޮތަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ވަަފުދެއް މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރަށް، މީހުން ދިރިނޫޅޭ ޖުމްލަ 30 ރަށަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.