ދިވެހިރާއްޖޭގެ ރައްޔިތުންގެ ފާގަތިކަމާ މެދު ދިރާސާކުރާ ފަރާތްތަކުން ރައްޔިތުންނާއި ޤައުމުގެ ތަރައްޤީގައި އަމިއްލަ ވަކިވަކި ފަރުދުންގެ ޙިއްޞާ އޮތް މިންވަރު ވަޒަން ކޮށްފައިވަނީ ކިހާވަރަކަށްތޯއެވެ. އަދި އެފަދަ ދިރާސާތައް ކުރަންތިބީ ހަމައެކަނި ކަންކުރި މީހާއާއި އެމީހެއްގެ ގާތުގައި ތިބި މީހުން ކަމުގައިވާނަމަ އަޅުގަނޑުމެންގެ ރާއްޖޭގެ ފިކުރީ ޢިލްމު އަދިވެސް މިވަނީ ތަރައްޤީކުރަން ޖެހިފައެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ އަދީބުންނާއި ޝާޢިރުން އަދި އުސްތާޒުންގެ ބައެއް ދިރާސާތަކުގައި ޤައުމުގެ މުސްތަޤުބަލުވަނީ ސިފަކޮށްދެއްވައިފައެވެ.

"ހެދެމުން އެދާ މިތައް ގަހުން ހެދިގެން އަރާ އެފޯދެމުން"

މިއީ ދިވެހީންގެ ޖީލުލް އުސްތާޛުގެ އަދަބީ ބުސްތާނުން އެންމެ ޞަދުރެކެވެ. މި ޅެންބައިތުގެ ޢަޖުޒުގައި އޮންނަނީ "ވެދުމެއް ކަމަށް ފުދޭވަރަށް މާވެސް ނިކަން ލިބޭނެޔޭ" މިހެންނެވެ.

ވިލާ ކޮލެޖް، ހައި ސްކޫލްގެ ބައެއް ދަރިވަރުން

ސިފަކޮށްފައިވާ މުޅި ޅެން އެމުނިއެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ތަރައްޤީއާއި މުސްތަޤުބަލުގެ ތަޞައްވުރަށެވެ. އެކަން ފެންނާން މިއޮތީތާއެވެ. ރާއްޖޭގެ އިޤުތިޞާދުގެ ތެރޭގައި ހެދިފޯދެމުންދިޔަ ގަސްތަކެވެ. އެ ގަސްތަކުން ވެދުންކުރާނެ މާތަކެއްވެސް ލިބެމުންދާތަން މިދަނީ ފެންނަމުންނެވެ. "ހުޅި ރީތި މާބުރާއެކީ ގޮސްގެން މަޒާ" ނެރެވެމުންދަނީއެވެ. ފަތުވެރިކަމުގެ ޞިނާޢަތަށް އެކަނި މި ޢަޖުޒު ދީލައިލިއަސް އެއީ ދޮގަކަށް ނުވާނެއެވެ.

އަދި ދަނޑުވެރިކަމަށް ބަލައިލިޔަސް މިއަދު ހަމަ އެހެންނެވެ. މަސްވެރިކަމަށްވެސް ބުނާނެ އިތުރު ބަހެއް ނެތެވެ. އެހެން ނަމަވެސް "ކެރި ފޯރުމޭ އިނގޭ ތެދޭ ބޭރުގެ އެހީއަކާއި ނުލައި" ބުނާ ބަހުން މިހުރިހާ ކަމެއް ދިވެއްސެއްގެ ހިންމަތާއި މިންނަތުން ނެރެދެއްވި އެންމެ ހިތްވަރުގަދަ ބޭފުޅަކީ ވިލާ ޝިޕިންގެ އެންޑް ޓްރޭޑިންގެ ޗެއަރމަން އަދި ރާއްޖޭގެ ސިޔާސީ ފިކުރުތަކުގެ ނަތީޖާ ނެރެދެއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމެވެ.

ވިލާ ވިދުވަރު

ދެ ދިމާއަށް ނަޒަރު ހިންގައިލިއަސް ފެންނާން މިއޮތީ އެމަނިކުފާނު ރައްޔިތުންނަށްޓަކައި ވެވަޑައިގަންވަމުން ގެންދަވާ ޤުރުބާނީތަކެވެ. ވިޔަފާރިއަކީ ގިނަ ބަޔަކަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވައި ދިވެހީންނަށް ލާބަޔާއި މަންފާ ލިބޭނެ މަގުތައް ހުޅުވައިދެއްވި ޞިނާޢަތެވެ. ސިޔާސީ ދާއިރާއަކީ ދެބަސްވުންތަކާ ބައިބައިވުންތައް ގިނަ ވާހިނދު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވިޔަ ނުދެއްވައި ރައްޔިތުންވެސް އެއްބައިވަންތަ ކޮށްދެއްވައިފައިވާ ދާއިރާއެވެ.

ޝީޓް ޕައިލް

މި ހެދި ފޯދުން އިތުރު ކޮށްދެއްވުމަކީ ޤާސިމް އިބްރާހީމްގެ ވިޔަފާރީގެ ތެރެއިން އަޅުއްވައިދެއްވި ފުރަތަމަ ބިންގަލެވެ. ވިލާ ފައުންޑޭޝަންވެސް އުފެއްދެވުމުގެ ކުރީން ރައްޔިތުންގެ ޙާލަތަށް ދުޅަހެޔޮކަން ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. ނިކަމެތީންގެ ނިކަމެތި ޙާލަށް ހަމްދަރުދީވެވަޑައިގެން އަގުބޮޑު ޞިއްޙީ ޚިދުމަތް އަމިއްލަފުޅު ޖީބުން ކޮށްދެއްވަން ފެއްޓެވުމެވެ. ވަކި ގިންތިއެއް ވަކި ފަރުދެއް ނުބައްލަވައެވެ. އެންމެނަށް ހަމަހަމަ ގޮތެއްގައެވެ. ހަނދާން ކުރިއަސް ނުކުރިއަސް ތިމާގެ ޒަމީރުވެސް ދެބަސްނުވާނެ ކަމެކެވެ. އެހެން ނަމަވެސް ސިޔާސީ ބައިބައިވުންތަކުގެ ސަބަބުން ޒަމީރާއި ދެކޮޅަށް ވާހަކަދައްކާ ބަޔަކު އެބަތިއްބެވެ.

ވިލާ ކޮލެޖް، ހައި ސްކޫލް

ދެން އޮތީ މަތީ ތަޢުލީމަށް ފުރުޞަތު ތަނަވަސްކޮށްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. ދުވަހެއް ދުވަހަކަށް ދިވެހީންގެ ތެރޭގައި ތަޢުލީމީ ޒުވާނުން އިތުރުވެ މަތީ ތަޢުލީމަށް އެދެމުންދާ ޒުވާނުން އިތުރުވުމާއި އެކު ލުއިފަސޭހަ ގޮތެއްގައި ދުނިޔޭގެ ކުރިއަރައިފައިވާ ޔުނިވަރސިޓީއެއްގެ މަންހަޖު ދިވެހިރާއްޖެއަށް ގެނެސްދެއްވުމެވެ. އަދި ދުވަހެއް ދުވަހަކަށް ބޮޑުވެ އަތުފަތުނުޖެހި ކުރަންޖެހޭ ހޭދަތައް ކުޑަކޮށްދެއްވައި ކޮންމެ މީހަކަށްވެސް މަތީ ތަޢުލީމުގެ ރަންޒަމާނެއް ފޯރުކޮށްދެއްވުމަށްޓަކައި ވިލާކޮލެޖް އުފެއްދެވުމެވެ. މަރުފަލިޖަހަމުން ކިޔެވުމުގެ ޝައުޤުގައި ކުރިއަށްދާން ބޭނުންވި ޒުވާނުން ބިނާކޮށްދެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. އެމަނިކުފާނު ދެއްވި ސްކޮލަރޝިޕްގައި ރާއްޖޭގެ ޚިދުމަތަށް ނިކުންނެވި ބޭފުޅުން މިކަމަށް ހެކިވެވަޑައިގަންނަވާނެކަން ކަށަވަރެވެ.

ވިލާ ހަކަތަ ތިލަފުށި

މި ވާހަކަތައް ގެންނަން މިޖެހެނީ ކަލަގޮވާކަށް ނޫނެވެ. ތަރައްޤީއާއި ކުރިމަގުގައި ރާއްޖެ ކުރިއަށް ގެންދެވުމަށް ކުރެއްވި މަސައްކަތްޕުޅު ތާރީޚުގެ ޞަފްޙާތަކަށް ގެނައުމަށެވެ. ނަމަވެސް މިކަމުގައިވެސް ދެބަސްވާ ބަޔަކު ވާދަވެރި ރޫޙެއް ނެތުމުން ނެރެނީ ކޮންކަހަލަ ބަސްތަކެއްކަން ނުދަންނަ ދިވެއްސަކު ހުންނާނެހެނެއް ހިއެއް ނުވެއެވެ.

އަދި ޤާސިމްގެ ޚިދުމަތުން ތަންކޮޅެއް ހާމަވެގެން ދާއިރު ކަލަ ގޮވާކަމަށް ބުނާ މީހުން ކަލަގޮވަން ދިމާކޮށްފައިވަނީ ކޮންކޮން ކަންތަކަކާއިމެދުގައި ތޯއެވެ.

ދިވެހި ރައްޔިތުންގެ ފައިސާއިން ކުރާ ހޭދަތަކަކީ އެމީހުންގެ ފައިކޭޓުން ނެރުނު އެއްޗެކޭ ބުނާ ފަދައިންނެވެ. މިވެނި ކަމެއް ހޯދައިދިނީމޭ އެވެނި ކަމެއް ކޮށްދިނީމޭ ކިޔާ ކަލަގޮވަން ދިމާ ކުރަނީ ބަންޑާރަ ކަފަ އަމިއްލަ ބާލީހަށް ގަންނަވާ ކަމަށް ވެވޭ އިޢުތިރާފަކުން ނޫން ހެއްޔެވެ. އެހެން ނަމަވެސް ޙަސަދަވެރި ބަޔަކު އެކަން އެގޮތަށްވެސް ކުރަމުން ގެންދަނީއެވެ. އަދި އެއީ ތެދުކަމަށް މީހުން ލައްވައި ޤަބޫލު ކުރުވުމަށްޓަކައި އަނެކާގެ މަސްކައި ހުސްކުރަނީއެވެ.

ކޮންމެއަކަސް މިވާހަކަތައް މިގޮތަށް ދެއްކުމުގެ ބޭނުމެއް ނެތެވެ. ޖުހާބެ ބުނާ ފަދައިން ދަންނަ މީހަކަށް ބުނެދޭނެ އެއްޗެއް ނޯންނާނެއެވެ. އަދި ނުދަންނަ މީހަކަށް ކިތަންމެވަރަށް ބުނެދިނަސް އެނގޭނެ އެއްޗެއް ނޯންނާނެތާއެވެ.

ޥިލާ ގޭސް

އެހެން ނަމަވެސް ޤާސިމް އިބްރާހީމްގެ ޚިދުމަތުގެ ތެރެއިން މަސްވެރިކަމުގެ ޞިނާޢަތަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެހީ ފެށުނު ޒަމާނެއް ހަނދާންހުރި ބަޔަކަށް އެނގޭނެއެވެ. ރާއްޖޭގެ ވިޔަފާރީގެ ތެރޭގައި ކޮމްޕެޓިޝަނެއް އުފައްދަވައިދެއްވައި ތެލާއި ޕެޓްރޯލުގެ ވިޔަފާރި ފެއްޓެވުމާއި ލިބޭ ކުޑަ މުސާރައިން ގޭގައި ފުޅިބައްތި ދިއްލޭނޭގޮތް ހައްދަވައިދެއްވައިފައި ވެއެވެ. އަދި އެވަރުން ނިންމަވައި ލެއްވެވީކީ ނޫނެވެ. އުނުއަންނައުނު ދޮވުމަށް ބޭނުންކުރާ ސައިބޯންޏާއި ދޮންނަކުނޑިވެސް އަތްފޯރާފަށަށް ގެނެސްދެއްވިއެވެ. ދަރިފުޅަށްދޭ ބުއްތަށި ހަދާނެ ދަޅުކިރުވެސް ހެޔޮއަގުގައި ފޯރުކޮށްދެއްވިއެވެ.

މިހާރު ރައްޔިތުންނަށް މީގަ އޮންނަ ފައިދާއަކީ އަޅުގަނޑުމެން މިވަރުގެ ކަމެއް މިހެން ކުރާއިރު އެއްބަޔަކަށް މީތި ގޮއްސަ އޮވެއްޖިއްޔާ އަގުގެ ވާހަކައަކީ ކޮމްޕެޓިޝަނެއް މީގެ ނެތިއްޖިއްޔާ ހަމަ އޮންނާނެ ގޮތަކަށް މި އޮންނަނީ އިނގޭތޯ. އަޅުގަނޑު ހަނދާން އެބަހުރި އަޅުގަނޑުމެންގެ ބަދަލުގަ ދެން ގޭސް ވިއްކާމީހުން އަގުބޮޑު ކުރީމާވެސް ޤާސިމް ވިދާޅުވީ އަގުބޮޑުނުކުރާށޭ އޮތްވަރަށް އަގު ބަހައްޓާށޭ. އެކަން މި ރައްޔިތުމީހާއަކަށް ނޭނގުނަސް އަޅުގަނޑުމެންނަށް އެބަ އެނގޭ. އެހެންވީމާ ނަންގަންނަން މިއުޅެނީ ހަމަ އެހެންވެސް މީހުންވެސް އުޅޭ ދަތިގޮތަށް ހަމަ ކަންތައްތައް އޮވެގެން، އެހެން ނަމަވެސް ޤާސިމްގެ އަޒުމާ ހިތްވަރު ހުންނަގޮތުން ދޫނުކޮށް ހިފަހައްޓައިގެން އެކަންތައް ކުރަނީ. މިހާރުވެސް ކަންތައް ކުރައްވާ ގޮތުން ވިސްނީމަ އެނގޭނެ އެހެން މީހުނާ ތަފާތު މީހެއްކަން. އިނގޭތޯ. ކިތަންމެ ދަތިޙާލެއްގަ ވިޔަސްވެސް މީހަކަށް ދޭންޖެހޭ އެއްޗެއް އޭނަ ހަނދާން ނައްތަވައި ނުލައްވާނެ. އެކަން ނުވުން އޭނައަށް ބޮޑުކަމަކަށް ވާނީ."
މުޙައްމަދު ރަޝީދު، ވޭމަންޑޫ

މިހުރިހާކަމެއް މިގޮތަށް ވިޔަފާރިއާއި އިޤުތިޞާދުގެ ތެރޭގައި ކުރައްވަމުން އަމިއްލަފުޅު ބޯޓުފަހަރުގައި ބޭރުން މުދާ އެތެރެކުރައްވައި މުދަލާއި ޚިދުމަތުގެ އަގުތައް ބޮޑުވިޔަނުދީ ހިފަހައްޓައިވައި ދެއްވުމުގައި ޤާސިމް ވެވަޑައިގެންނެވި ޤުރުބާނީ ބަޔަކު ހަނދާންނެތް ކަމުގައި ވިޔަސް ތާރީޚުން އެކަން ފެންނަން އޮންނާނެއެވެ. އަދި ހަނދާން ހުރިބަޔަކަށް އެނގޭނޭ ގޮތުގެ މަތީ ޞިނާޢަތުތައް ފުޅާކުރައްވައި ތަރައްޤީއާއި އެކު ތެލާއި ގޭސް ރާއްޖޭގެ ބާޒާރުގައި އަގުބޮޑުނުވާނެ ގޮތުގެ މަތީން ލިބޭނޭގޮތް ހައްދަވައިދެއްވައިފައި ވެއެވެ. އަދި އެއަށްފަހު ރާއްޖޭގެ ފަރުތައް ޙިމާޔަތް ކުރެއްވުމަށްޓަކައި ދައުލަތުން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވައި ރާއްޖޭގައި ސިމެންތި އުފައްދައި ބަންދުކޮށް ތާޒާކަމާއި އެކު ބާޒާރަށް ނެރެދެއްވައިފައިވަނީވެސް ހަމަ ޚިދުމަތުގެ ތެރެއިން އިތުރު ވަޒީފާތަކާއި އެކުގައެވެ.

ހަމަ މި ބީދައިން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅު މިއަދު ފެންނަމުންދަނީ އެއަރލައިނަކާއި އެކު އެއަރޕޯޓެއްގެ ޚިދުމަތުންނެވެ. އަދި އެއާއި އެއްވަރަށް ސަރުކާރަށާއި ރައްޔިތުންނަށް އިތުރު ޚިދުމަތްތައް ދެއްވުމަށްޓަކައި ބަނދަރުތައް ހައްދަވައިދެއްވުމާއި ޒުވާނުންގެ ތަރައްޤީއަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި މިއިން އެއްވެސް ކަމަކީ ރައްޔިތުންގެ އަތުން ނެގޭ ޓެކުހާއި ވާރުޚުރާޖުން ކުރެއްވި ހޭދައެއްނޫނެވެ. އެކަމެއް ކުރެއްވިއްޔާ ކޮށްދެއްވައިފައިވަނީ އަމިއްލަފުޅު ވިޔަފާރީން ކޮށްދެއްވާ އިޖުތިމާޢީ އަދި އިޤުތިޞާދީ ޚިދުމަތުގެ ގޮތުގައެވެ.