އިންޑިއާ ސިނަމާ ނުވަތަ ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް އިންޑިޔާ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އެއްވެސް ތަރިއެއްގެ ފަރާތުން މިކަމުގެ ސީދާ މަޢުލޫމާތު ލިބިފައި ނުވިނަމަވެސް މަޢުލޫމާތު ލިބޭ ގޮތުގައި މަޝްހޫރު ބަތަލް ސަންޖޭ ދަތު އޭނާގެ އަންހެނުން މާންތަޔާ ދަތާއި ދެކުދިންނާއެކު ރާއްޖޭގެ ރިޒޯޓެއްގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

ސޯޝަލް މީޑިއާގައި މާންތަޔާ ޚިއްސާކޮށްފައިވާ ފޮޓޮއެއްގައި އޭނާ ޗުއްޓީއެއްގައި ހުރިކަން އެނގުނު ނަމަވެސް އެއީ ސީދާ ރާއްޖެކަމެއް ބުނެފައި ނުވެއެވެ. އެހެންނަމަވެސް އެއީ ރާއްޖޭގެ މަންޒަރެއްކަން އިނގެއެވެ.

https://www.instagram.com/p/B8N2mc3DJ-R/?utm_source=ig_web_copy_link

އަނެއްކޮޅުން ބޮލީވުޑްގެ އެންމެ މަޤްބޫލު ޖޯޑު ރަންވީރް ސިންގްއާ ދިޕިކާ ޕަދުކޯން ވެސް މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް ވާހަކަ ދެކެވެއެވެ. އިއްޔެގެ ވަގުތެއްގައި މިދެތަރިން ރާއްޖެ އައިސް ނޫނު އަތޮޅުގެ ރިޒޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް މަޢުލޫމާތު ލިބެއެވެ.

ބޮލީވުޑް ފަންނާނުންގެ މެދުގައި ރާއްޖެއަކީ މަޤުބޫލު މަންޒިލެކެވެ. އެގޮތުން ރަންވީރް، ދިޕިކާއަކީ އާންމުކޮށްވެސް ރާއްޖެއަށް ޒިޔާރާތްކުރާ ދެތަރިންނެވެ. މީގެ އިތުރުންވެސް އޭލިސްޓުގެ ގިނަ ފަންނާނުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އާންމުކޮށްވެސް އާދެ އެވެ.